Roadha Mihaaru
ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ކުރިއެރުން ރަނގަޅު

ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު: އިމްރާން

09 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅުކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅުކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ރަނގަޅު ކަމަށެވެ.

އިމްރާން ވިދާޅުވީ މިހާތަނަށް ކުރިއެރުން ލިބުމުގައި ގިނަ ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރަށް ރައްޔިތުން ފޯރުކޮށްދިން މައުލޫމާތު ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ.

ނަޝީދު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ދިން ހަމަލާގައި އެ މަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އެކަމަށް އޭޑީކޭ ހޮސްޕިޓަލުގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

އެ މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އޭގެ ތެރެއިން ދެ މީހަކު އިއްޔެ އަދި ބޮންގޮއްވާލި ކަމަށް ތުހުމަތުކުރާ މީހާ މިއަދު ހައްޔަރުކޮށްފައި ވެ އެވެ.

މާލެ އާއި ހުޅުމާލެއިން އިއްޔެ ހައްޔަރުކުރީ މއ. ފޭރުގެ، މުޖާޒް އަހުމަދު، 21، އާއި ގއ. ހޮނޑޭ، ފޮޅޭމާ، ތަހުމީނު އަހުމަދު، 32، އެވެ. މައްސަލައިގެ ތަހުގީގަށް އެންމެ މުހިއްމު ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު، 25، ވެސް ހައްޔަރުކުރީ ހުޅުމާލެއިންނެވެ.