Roadha Mihaaru
ކްލަބްހައުސް އެންޑްރޮއިޑަށް

ކްލަބްހައުސް އެންޑްރޮއިޑަށް

11 މެއި 2021

މަގުބޫލުކަން ބޮޑުވަމުންނަ ސޯޝަލް އެޕް، ކްލަބްހައުސް އެންޑްރޮއިޑަށް އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަގުބޫލުކަން ބޮޑުވަމުންނަ ސޯޝަލް އެޕް، ކްލަބްހައުސް އެންޑްރޮއިޑަށް އަތުވެއްޖެ އެވެ.

ޓެސްޓުތަކަށް ފަހު ކްލަބްހައުސް އެންޑްރޮއިޑަށް އެންމެ ފުރަތަމަ ދޫކުރީ އެމެރިކާއަށެވެ. ކްލަބްހައުސް އިން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން މަދު ދުވަސްތަކެއްގެ ތެރޭގައި ކުލަބްހައުސް އެންޑްރޮއިޑް އާންމުކޮށް ލިބެން ފަށާނެ އެވެ.

މިދިޔަ އަހަރުގެ އެޕްރީލްގައި ލޯންޗްކުރި މި އެޕް ކުރިން ލިބެނީ އައިއޯއެސްގައި އެކަންޏެވެ. ކްލަބްހައުސް އަކީ ވޮއިސްޗެޓް އެޕެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ކުލަބްހައުސްގެ އަގު މިހާރު 4 ބިލިއަން ޑޮލަރަށް އަރަ އެވެ. އަލްފާ އެކްސްޕްލޮރޭޝަނުން ވުޖޫދަށް ގެނައި ކުލަބްހައުސްގެ ވެރިންނަކީ ޕޯލް ޑެވީސަނާއި ރޯހަން ސޭތެވެ.