Roadha Mihaaru
"ކްލަބްހައުސް" ގެ އެންޑްރޮއިޑް ވާޝަން ހުކުރު ދުވަހު

"ކްލަބްހައުސް" ގެ އެންޑްރޮއިޑް ވާޝަން ހުކުރު ދުވަހު އެންމެންނަށް

18 މެއި 2021

މަގުބޫލުކަން ބޮޑުވަމުން އަންނަ ސޯޝަލް ޕްލެޓްފޯމް "ކްލަބަހައުސް" ގެ އެންޑްރޮއިޑް ވާޝަން ޓެސްޓްކޮށް މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާ އަށް ދޫކޮށްފައިވާ އިރު މިއަދު އިތުރު ގައުމުތަކަށް އެ ލިބޭނެ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަގުބޫލުކަން ބޮޑުވަމުން އަންނަ ސޯޝަލް ޕްލެޓްފޯމް "ކްލަބަހައުސް" ގެ އެންޑްރޮއިޑް ވާޝަން ޓެސްޓްކޮށް މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާ އަށް ދޫކޮށްފައިވާ އިރު މިއަދު އިތުރު ގައުމުތަކަށް އެ ލިބޭނެ ކަމަށް ބުނެފި އެވެ.

ކްލަބްހައުސް އިން ބުނި ގޮތުގައި މިއަދު އެ އެޕް ލިބެން ފަށާނެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޖަޕާނާއި ބްރެޒިލް އާއި ރަޝިއާ އެވެ. އަދި އަންނަ ހުކުރު ދުވަހު ހެނދުނު އިންޑިއާ އާއި ނައިޖީރިއާ އަށް ލިބޭނެ އެވެ.

ކްލަބް ހައުސް އިން ބުނެފައިވާ ގޮތުގައި ހަފުތާގެ ދެން ހުރި ދުވަސްތަކާ އެކު އެ އެޕްގެ އެންޑްރޮއިޑް ވާޝަން އިތުރު ގިނަ ގައުމުތަކަށް ލިބި ހުކުރު ދުވަހުގެ މެންދުރާ ހަމައަށް މުޅި ދުނިޔެ އަށް އެޕް ލިބެން ފަށާނެ އެވެ.

މިދިޔަ އަހަރުގެ އެޕްރީލްގައި ލޯންޗްކުރި ކްލަބްހައުސް މިހާތަނަށް ލިބެމުން އައީ އައިއޯއެސްގައި އެކަންޏެވެ. މިއީ ވޮއިސް ޗެޓް އެޕެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ކުލަބްހައުސްގެ އަގު މިހާރު 4 ބިލިއަން ޑޮލަރަށް އަރަ އެވެ. އަލްފާ އެކްސްޕްލޮރޭޝަނުން ވުޖޫދަށް ގެނައި ކުލަބްހައުސްގެ ވެރިންނަކީ ޕޯލް ޑެވީސަނާއި ރޯހަން ސޭތެވެ.