Roadha Mihaaru
ކޮވިޑުގައި މިއަދު ތިން ވަނަ މީހާ މަރުވެއްޖެ

ކޮވިޑުގައި މިއަދު ތިން ވަނަ މީހާ މަރުވެއްޖެ

10 މެއި 2021

ރާއްޖެއިން ކޮވިޑު-19 ގައި މިއަދު ތިން ވަނަ މީހާ މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއިން ކޮވިޑު-19 ގައި މިއަދު ތިން ވަނަ މީހާ މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކ. މާފުށީގައި މިއަދު ހެނދުނު 9:45 ހާއިރު މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. އެއީ އެ ބަލީގައި ރާއްޖެ އިން މަރުވި 87 ވަނަ މީހާ އެވެ.

ކޮވިޑުގައި މިއަދު އެންމެ ފުރަތަމަ މަރުވީ އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި އެޑްމިޓްކޮށްފައި އޮތް 75 އަހަރުގެ ދިވެހި އަންހެނަކެވެ. އޭގެ ފަހުން، ބ. އޭދަފުށީގައި ކަރަންޓީނުގައި ހުއްޓާ މަރުވި 85 އަހަރުގެ ފިރިހެނަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހަކީ ރާއްޖެ އިން އެެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ކޮވިޑްގައި މަރުވި ދުވަހެވެ. އެ ދުވަހު ފަސް މީހަކު މަރުވެފައިވެ އެވެ. ޖެހިގެން އައި ހުކުރު ދުވަހު ހަތަރު މީހަކު މަރުވި އެވެ.

ކޮވިޑުގެ ހަތަރު ވަނަ ރާޅާއެކު ބައްޔަށް އެތައް ބަޔަކު ޕޮޒިޓިވްވެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއާއެކު ސަރުކާރުން ވަނީ ކާފިއު އިއުލާނުކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.