ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖް މެޗުތައް ބާއްވަން ރާއްޖެ އަށް ބިޑް ކާމިޔާބުވި ހިސާބުން ފެށިގެން، އެ މުބާރާތާ މެދު އެންމެ ބޮޑު އުންމީދެއް ކުރީ ރާއްޖޭގެ މާޒިޔާ އާއި ކްލަބު އީގަލްސް އިންނެވެ. އޭއެފްސީ ކަޕް މަރުހަލާއަކަށް ކްލަބު އީގަލްސް އިން އަލަށް ޖާގަ ލިބުމުން އެ ކްލަބުން އެކަމަށް ކުރި އުންމީދުތައް ވެސް ބޮޑެވެ.
11 މެއި 2021
ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖް މެޗުތައް ބާއްވަން ރާއްޖެ އަށް ބިޑް ކާމިޔާބުވި ހިސާބުން ފެށިގެން، އެ މުބާރާތާ މެދު އެންމެ ބޮޑު އުންމީދެއް ކުރީ ރާއްޖޭގެ މާޒިޔާ އާއި ކްލަބު އީގަލްސް އިންނެވެ. އޭއެފްސީ ކަޕް މަރުހަލާއަކަށް ކްލަބު އީގަލްސް އިން އަލަށް ޖާގަ ލިބުމުން އެ ކްލަބުން އެކަމަށް ކުރި އުންމީދުތައް ވެސް ބޮޑެވެ.
ކޮލިފިކޭޝަންގެ ޕްރިލިމިނަރީ މަރުހަލާގައި އެ ޓީމާ ކުޅެން ޖެހޭނެ ޓީމަކާއި މެޗު ކުޅެން ޖެހޭނެ ގައުމަށް ދެވެންދެން ފައިނަލު ވަންދެން އީގަލްސް އެކަމަށް އިންތިޒާރު ކުރި އެވެ.
ކޮލިފިކޭޝަންގެ ފުރަތަމަ މަރުހަލާ ޕްރިލިމިނަރީގެ ފުރުތަމަ ބުރުގައި، ބޫޓާންގެ ޗެމްޕިއަން، ތިމްޕޫ ސިޓީއާ ދެކޮޅަށް މިދިޔަ މަހުގެ ހަތް ވަނަ ދުވަހު މާލޭގައި ކުޅުނު މެޗު ކާމިޔާބު ކުރުމަށް ފަހު އީގްލްސް އިން ދެން ތައްޔާރުވީ، ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށް ކުޅެން އެ ގައުމަށް ދަތުރު ކުރުމަށެވެ. މެޗު ތާވަލު ކޮށްފައި އޮތީ މިދިޔަ މަހު 14 އަށެވެ. ބަންގުލަދޭޝްގައި ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވުމުން އެ ގައުމުގައި މެޗު ކުޅޭނެ ހާލަތެއް އަބަހާނީއަކަށް ނުހޯދުނެވެ. އޭއެފްސީން އަބަހާނީއަށް ދެ ވަނަ ފުރުސަތެއް ދިނީ މެޗު ކުޅޭނެ ނިއުޓްރަލް ވެނޫއެއް ހޯދުމަށެވެ. އެއީ އީގަލްސްއިން ވެސް ސަމާލުކަން ދޭން ޖެހުނު ކަމެކެވެ.
ނިއުޓްރަލް ވެނޫއެއްގެ ގޮތުގައި އަބަހާނީން ހަމަޖެއްސީ ނޭޕާލްގެ ގައުމީ ސްޓޭޑިއަމް، ދަޝަރަތު ރަންގަސާލާ ސްޓޭޑިއަމް އެވެ. ނިއުޓްރަލް ވެނޫ ހަމަޖެހުނު ނަމަވެސް، ނޭޕާލަށް ދަތުރު ކުރުމުގެ ދޮރު އަބަހާނީއަށް ބަންދުވި އެވެ. ކޯވިޑްއާ ގުޅިގެން އިންޓަނޭޝަނަލް ފުލައިޓްތައް މަޑުޖައްސާލުމަށް ބަންގުލަދޭޝްގެ ސަރުކާރުން ނިންމި އެވެ. އޭއެފްސީން ދެ ވަނަ ފަހަރަށް ދިން ތާރީހުގައިވެސް މެޗު ކުރިއަށް ނުގެންދެވުނެވެ. އަނެއްކާވެސް އީގަލްސްގެ އިންތިޒާރު ދިގުވީ އެވެ.
އޭއެފްސީން ދެމުން ދިޔަ ތާރީހްތަކަށް ރިއާޔަތްކޮށް އެފްއޭއެމުން ދިޔައީ، ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް ކުޅެން ހަމަޖެހިފައިވާ މެޗުތައް ފަސް ކޮށް ދެމުންނެވެ. އެއީ އޭއެފްސީ މެޗަށް ތައްޔާރުވާން އެ ޓީމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ. މެޗު ނޯންނާނެކަން ޔަގީންވުމުން، އަނެއްކާވެސް ލީގުގެ ޝެޑިއުލްއަށް ބަދަލު ގެނެ އެވެ. ލީގު ޝެޑިއުލްއަށް ކުއްލިއަކަށް ގެންނަ ބަދަލުތަކުގެ އުނދަގޫތައް ކްލަބުތަކުގެ ކޯޗުން މީގެ ކުރިން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އެހެންނަމަވެސް އުނދަގުލާއެކުވެސް އީގަލްސްއިން ނަމޫނާ ދެއްކި އެވެ.
އީގަލްސްގެ ކެޕްޓަން ހުސައިން ޝިފާއު އާއި އެ ޓީމުގެ ކޯޗް ޝާޒް --- ފޮޓޯ: އެފްއޭއެމް
"އެނގޭ މުބާރާތެއްގައި އުޅޭއިރު ކުއްލިއަކަށް ހަމަ ޝެޑިއުލްއަށް ބަދަލު އައިސްދާނެކަން އެހެންވީމަ އެކަން މާބޮޑު އުނދަގުލަކަށް ނުވޭ،" އީގަލްސްގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުންޏެވެ. "ކުޅުންތެރިންނަށް ވެސް އެކަން ވިސްނައިގަންނަން ފަސޭހަ."
ނަމަވެސް އޭއެފްސީ ކަޕާއި ލޯކަލް ލީގުގެ ޕްރެޝަރާއި ޓެމްޕޯ ވެސް ތަފާތު ވާނެ ކަމަށް ޝާޒް ކުރިން ބުނެފައި ވެއެވެ. އެހެންވެ އެއް މެޗަށް ތައްޔާރު ވެފައި ވަނިކޮށް އެ މެޗު ކެންސަލް ކުރުމުން އެ ދެމެދުގައި އެހެން މުބާރާތެއްގެ މެޗެއް ކުއްލިއަށް ޝެޑިއު ކުރުމުން ޓެކްނިކަލީ އުނދަގޫތަކެއް ހުންނާނެ އެވެ.
އަބަހާނީއަށް ތަކުރާރުކޮށް ދިން ފުރުސަތުތަކުގައި ވެސް އެކަށީގެންވާ ހައްލެއް ނުހޯދުމުން، އޭއެފްސީން ނިންމީ އަބަހާނީ މުބާރާތުން ބާކީ ކުރުމަށެވެ. އަދި ޕްލޭއޮފް މެޗަށް އީގަލްސް ޕްރަމޯޓް ކުރި އެވެ. އަދި އިންޑިއާގައި ކުޅެން ހަމަޖެއްސި ޕްލޭއޮފް މެޗު ރާއްޖެއަށް ބަދަލު ކުރުމަށްވެސް އޭއެފްސީން ނިންމި އެވެ. ޕްލޭއޮފްއަށް ރާއްޖެ ދަތުރު ކުރި ބެންގަލޫރު އެފްސީ އާއެކު އެއް ހޮޓަލެއްގައި އީގަލްސް ކޭމްޕް ކުރި އެވެ. ގުރޫޕް ސްޓޭޖުން ޖާގަ ލިބިފައިވާ މާޒިޔާ ކޭމްޕް ކުރީ ހުޅުމާލޭގައި ހުންނަ ހޮޓަލެއްގަ އެވެ. ޓީމުތަކަށް ހޮޓަލުގައި ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ އާއި ރާއްޖޭގެ ސިއްހީ އިދާރާތަކުން އެކުލަވާލާފައިވާ ގައިޑްލައިންގެ ދަށުންނެވެ.
ޕްރެކްޓިހާއި މެޗަށް ދާން ނޫން ގޮތަކަށް އެއްވެސް ޓީމެއް ކުޅުންތެރިޔަކަށް ވެސް އޮފިޝަލަކަށް ވެސް ހޮޓަލުން ބޭރަށް ނުނިކުމެވޭނެ އެވެ. އެކަމުގައި ބެންގަލޫރާއި އީގަލްސް އަދި މާޒިޔާ ވިއަސް ތަފާތެއް ނެތެވެ. ޓީމުގެ ސްކޮޑް އެއް ކޭމްޕެއްގައި ތިބޭއިރު އާންމުކޮށް އަމަލު ކުރާ އުސޫލަކީ، ކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު ކޭމްޕުން ބޭރަށް ދާން ހުއްދަ ލިބޭނީ، މެނޭޖްމެންޓުން އެ ހުއްދަ ދިނުމުންނެވެ. އެއީ ރާއްޖޭގެ ޓީމުތަކާއި ބޭރުގެ ޓީމުތަކުން ވެސް އަމަލު ކުރާ އުސޫލެވެ.
ހޮޓެލް ޖެންގައި ބެންގަލޫރާއި އީގަލްސް ކޭމްޕް ކުރި އެވެ. ބެންގަލޫރުގެ ތިން ކުޅުންތެރިޔަކާއި އޮފިޝަލަކު ހޮޓަލުން ބޭރަށް ނުކުތް ފޮޓޯ އާންމު ކުރުމުން އާންމުންގެ ކަންބޮޑުވުންތައް އުތުރި އެރި އެވެ. ބެންގަލޫރުން އޭއެފްސީގެ އުސޫލާ ހިލާފުވީ އެވެ. ހަމަ އެ ހޮޓަލްގައި ކޭމްޕްކޮށްގެން ތިބި އީގަލްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ހޮޓަލުގައި ކޭމްޕް ކުރި ގޮތަށް އޭއެފްސީން ވަކި ނިންމުމެއް ނިންމަންދެން ހޮޓަލުން ނުނިކުމެ ތިއްބެވެ. އިންޑިއާގެ އެންމެ ބޮޑު ކުލަބުގެ ކުރިމަތީގައި ދިިވެހި ކްލަބުތަކުން ދެއްކި ނަމޫނާ އަކީ ފާހަގަ ކުރަން ޖެހޭނެ ކަމެކެވެ.
އޭއެފްސީ ކަޕް ޕްރިލިމިނަރީގެ ފުރަތަމަ ބުރުގައި ތިމްޕޫއާ ދެކޮޅަށް ނުކުތް އީގަލްސްގެ ފުރަތަމަ 11 ގައި ހިމނެުނު ކުޅުންތެރިން --- ފޮޓޯ އެފްއޭއެމް
"އީގަލްސްގެ މި ޓީމަކީ ވަރަށް ޑިސިޕްލިން ޓީމެއް. ކުޅުންތެރިން ޑިސިޕްލިން ވީމަ ޓީމުގެ ތެރެއިން ވެސް އެބަދަހިކަން ފެނުނު،" ޝާޒް "މިހާރަ"ށް ބުންޏެވެ. "ހޮޓަލުގައި ހޭދަ ކުރި އެ ދެ ދުވަހު އެއްކޮށް މަސައްކަތް ކުރެވުނީމަ ޓީމެއްގެ ގޮތުގައި ވޯކްރޭޓް ވެސް ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔަ. މި ކުޅުންތެރިން ދެއްކި ނަމޫނާ އާ މެދު ފަހުރުވެރި ވަން."
ބެންގަލޫރުގެ ކުޅުންތެރިން ޕްރޮޓޮކޯލް މުގުރާލައި ބޭރަށް ނުކުތް ކަމެއް އެ ޓީމުގެ މެނޭޖުމެންޓަަކަށް ފުރަތަމަ ނޭންގުނެވެ. އެހެންނަމަވެސް ފަހުން އެ ކްލަބުގެ ޗެއާމަން ޕާތު ޖިންދަލް ވަނީ އޭނާގެ ޓީމުގެ ކުޅުންތެރިންނަށް ގޯސް ހެދިފައިވާ ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. އަދި އޭނާ ވަނީ އޭއެފްސީ އާއި ރާއްޖޭގެ އިދާރާތަކުގެ ކިބައިން މާފަށް އެދޭ ކަމަށް ބުނެފަ އެވެ. އަދި އެ ކުޅުންތެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ޖިންދަލް ވިދާޅުވި އެވެ.
ބެންގަލޫރާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް އީގަލްސް އޮތީ ވެސް ރަނގަޅަށް ތައްޔާރު ވެފަ އެވެ. އެހެންނަމަވެސް އެ ޓީމުން އުސޫލާ ހިލާފުވުމުންނާއި ރާއްޖޭގައި ކޮވިޑްގެ ހާލަތު އުނދަގޫ ދަރަޖައަކަށް ގޮސްފައި އޮތުމުން އޭއެފްސީން ނިންމީ މުބާރާތް ފަސް ކުރުމަށެވެ. ދެ ދުވަހު ހޮޓަލުގައި ވޭތުކުރު މަށް ފަހު އީގަލްސްގެ ކުޅުންތެރިންނާއި މާޒިޔާގެ ކުޅުންތެރިން ހޮޓަލުން ނުކުތީ އޭއެފްސީން މުބާރާތް ފަސް ކޮށްފައިވާ ކަމަށް އެންގުމުންނެވެ.
މާޒިޔާގެ ބައެއް ކުޅުންތެރިން
ރާއްޖޭގައި ގުރޫޕް ސްޓޭޖު ބާއްވާތީ. މާޒިޔާއިން މިފަހަރުގެ މުބާރާތާ މެދު ކުރާ އުންމީދު ވަކިން ބޮޑެވެ. ބެންގަލޫރާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ފަސް ކުރުމުން އޭއެފްސީ ކަޕުން ފުރަތަމަ ފަހަރަށް ޖާގަ ހޯދުމަށް އުންމީދުގެ ތިބި އީގަލްސްގެ އިންތިޒާރު އަނެއްކާ ވެސް ދިގުވީ އެވެ.
"މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދާ އެކު ޓީމު އޮތީ،" ޝާޒް ބުންޏެވެ. "ކުޅުންތެރިން ކުރި މަސައްކަތާއި ދެއްކި ނަމޫނާއިން ވަރަށް ރަނގަޅު ރޫހެއް ޓީމުގައި އޮތްކަން އެނގުނު."
ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖް ބާއްވާނެ ތާރީހެއް އޭއެފްސީން އިއުލާން ކޮށްފައި ނުވުމަކީ ވެސް ކުލަބުތަކަށް ކުރިމަތިވާނެ އުނދަގުލެކެވެ. އޭއެފްސީން ބުނީ މުބާރާތް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
މާޒިޔާ އަތުން ބަލިވުމުން ޓީމަށް އަސަރު ކުރި: ޗެތުރީ
ބެންގަލޫރުާއި އީގަލްސް އަދި މާޒިޔާ ކޭމްޕުކޮށްފި
އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމައިފި
14 އަހަރަށްފަހު މާޒިޔާއަށް ޔޫތު ޗެމްޕިއަންޝިޕުގެ ތަށި
ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި މާޒިޔާ އާއި އީގަލްސް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ފަހު މެޗުގައި މާޒިޔާ އިން މޯހަން ބަގާން ބަލިކޮށްފި
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ