12 މެއި 2021
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ފައިދާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު އާންމުކުރިޔަސް، އޭގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ކަމަށް އަދި ނުނިންމުމަށް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އެދިވަޑައިގެންފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ފައިދާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު އާންމުކުރިޔަސް، އޭގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ކަމަށް އަދި ނުނިންމުމަށް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އެދިވަޑައިގެންފި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައި އޮތް ދެ ލިސްޓަކީ ވެސް، ކޮމިޝަނުން މަޖިލީހަށް ފޮނުވި ދެ ލިސްޓް ކަމަށެވެ. އަދި އެ ދެ ލިސްޓްގައި، ބައެއް ނަންތަކާ ދިމާލުގައި މައުލޫމާތު އެއްކޮށް، ތަހުގީގުކުރަމުންދާ ކަމަށް ލިޔެފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެ ލިސްޓުން އަދިވެސް މީހުން އުނިވެ، އިތުރުވުމަކީ އެކަށީގެންވާ ކަމެކޭ،" އޭނާ މިރޭ "މިހާރު" އަށް ވިދާޅުވި އެވެ.
"މީގެ ތަހުގީގުގައި މީހުންނާ ސުވާލު ކުރީމަ އެނގޭ އިތުރު ކަންތައްތަކުން ބައެއް މީހުން މި ލިސްޓުން އުނި ވެސް ވެދާނެ އަދި އިތުރު ވެސް ވެދާނެ. އަނެއްކާ އަޅުގަނޑުމެންނެއް ނޫން ނިންމާނީ ކުށް ކުރިކަން. އެކަން ނިންމާނީ ކޯޓުން."
އެކަމަކު ލިސްޓްގައި ހިމެނޭ ބައެއް މީހުން، ކުށްވެރި ނުވަނީސް ވަޒީފާއިން ވަކިކުރުމުގެ ބިރު އޮތުމާއި ކުށް ސާބިތު ނުވަނީސް ލިސްޓްގައި ހިމެނި އާންމުންގެ ތެރޭގައި އެ މީހާ ފަލީހަތް ވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވަންތޯ ދެންނެވުމުން އަސްއަދު ވިދާޅުވީ ނަންތައް އާންމު ކުރީ މަޖިލީހުން ކަމަށެވެ.
"އަޅުގަނޑުމެން އަދާކުރީ ގާނޫނީ ގޮތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ ޒިންމާއެއް. ދައުލަތުގެ ދެ ބާރަކުން ބޭނުންވީ ލިސްޓް. އެ ލިސްޓް އަޅުގަނޑުމެން ފޯރުކޮށްދިނީ،" އަސްއަދު ވިދާޅުވި އެވެ.
ތަހުގީގު ފުރިހަމަ ނުވާ، އަދި މައުލޫމާތު ވެސް އެއްކުރަމުން އަންނަ ބައެއް މީހުންގެ ނަންތައް އޭގައި ހިމެނިފައިވާއިރު އެވަރުގެ ލިސްޓެއް އާންމުންނާ ހަމައަށް ދޫކޮށްލުމާ ދޭތެރޭ ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ދެންނެވުމުން އަސްއަދު ވިދާޅުވީ އެކަމަށް ޖަވާބު ދެއްވާނީ ނަންތައް އާންމުކުރި ބައެއް ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ނަންތައް އާންމުކުރިޔަސް، ކޮމިޝަންގެ ތަހުގީގަށް ލިބޭނެ ގެއްލުމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ލިސްޓް އާންމުކުރި ގޮތުން، ބައެއް އާންމުންގެ ކަންބޮޑުވުންތަކާ އެކު ފާޑުކިޔުން ވެސް ވަނީ ބޮޑުވެފަ އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކޮމިޝަން އުފެއްދިތާ ދެ އަހަރާ ބައިވިއިރު، ނެރެފައި ވަނީ އުންމީދުކުރި ވަރުގެ ފުރިހަމަ ލިސްޓެއް ނޫނެވެ. އަދި އެ ލިސްޓްގައި ހިމެނޭ ބައެއް މީހުން ބުނެފައިވާ ގޮތުގައި، ނަން ހިމެނިއިރު އެއީ ކިހިނެއް ލިބުނު ފައިސާއެއްތޯ ވެސް ކޮމިޝަނުން މިހާތަނަށް އަހާލައިފައެއް ނުވެ އެވެ. އޭގެތެރޭގައި، މި ލިސްޓްގައި އެންމެ ގިނައިން ފައިސާ ލިބުނު ބައެއް މީހުން ވެސް ހިމެނެ އެވެ.
އަސްއަދު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް އަސްލު ފެށުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. އަދި މަސައްކަތް ކުރަނީ ވަރަށް ދަތިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހައެއްކަ އަށެއްކަ މީހުން ގޮވައިގެން މި ހާލުގައި މަސައްކަތް ކުރާ ވާހަކައެއް އެކަކު ވެސް ނުވެއް ދައްކާ. ކޮމިޝަނަށް މީހަކު ހާޒިރު ކުރަން ޖެހެނީ އެހާ ހާލުން. ބޭންކުން ސްޓޭޓްމަންޓެއް ލިބެނީ އެހާ އުނދަގުލުން. ކޮވިޑްގެ ހާލަތުގައި އަޅުގަނޑުމެން މި މަސައްކަތް ކުރީ،" އަސްއަދު ވިދާޅުވި އެވެ. "އެކަމަކު ނަން ހިމެނިފައިވާ ނަމަ އެ ނަމެއް ހިމަނާފައި ވާނީ ވަރަށް ގިނަ ގޮތްގޮތުން މައުލޫމާތު ހޯދުމަށް ފަހު. ހަމައެކަނި މީހަކު ބުނެލި އެއްޗަކަށް އެކަންޏެއް ނޫން."
މިއަދު އާންމުކުރި ލިސްޓްގައި މަޖިލީހުގެ ބައެއް މެމްބަރުންގެ ނަން ހިމެނި، އެއީ ސީދާ އަސްއަދު ޒާތީގޮތުން ކުރެއްވި ކަމެއް ކަމަށް ވިދާޅުވާ ވާހަކައާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެއީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
"މި ތަހުގީގު މި ހިނގަނީ ޖޮއިންޓްކޮށް. އޭސީސީ ވެސް އަދި ފުލުހުން ވެސް މީގެ ތެރޭގައި ބައިވެރިވެގެން. އަޅުގަނޑު ވަކި މީހަކު ލިސްޓަށް ލާން ބޭނުން ވިޔަސް، އަދި ނަގަން ބޭނުން ވިޔަސް އެކަމެއް ނުކުރެވޭނެ. އެހެން މުއައްސަސާތަކުގެ ބޭފުޅުން ވެސް މި ތަހުގީގުގައި އެބަ ބައިވެރިވޭ،" އޭނާ ވިދާޅުވި އެވެ.
އަސްއަދި ވިދާޅުވީ ޑޮލަރު ގަނެފައި ހުރި މުއާމަލާތްތަކާއި އެހެން ބައެއް ކަންކަން ވެސް މިހާރު "ސާފުކުރަމުން ގެންދާ" ކަމަށެވެ.
"ފުރަތަމަ އަޅުގަނޑުމެން ފޯކަސް ކުރީ ކުންފުނިތަކަށް. އޭގެ ފަހުން މިހާރު އަމިއްލަ މީހުންނަށް،" އޭނާ ވިދާޅުވި އެވެ.
ހިޔާނާތު ލިސްޓަށް ފިޔަވަޅުއަޅަން އަންގަން ފާސްކޮށްފި
ހިޔާނާތުގެ ތަހުގީގުގެ ސްޕީޑާ މެދު ލަދުގަނޭ: މީކާއީލް
ލިސްޓުގައި 63 ޕަސެންޓަކީ ތަހުގީގު ނުފަށާ މައްސަލަތައް
މިނިވަން މުއައްސަސާތަކަށް ނިސްބަތްވާ 11 މީހެއްގެ ނަން
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓެއް ލީކުކޮށްލައިފި
ކޮމިޓީން އެއްފަރާތްވީ އިންޓަގްރިޓީ ހިފަހައްޓަން: އާޒިމް
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ބޮޑު ހިޔާނާތް:އެއް އަހަރުން ވެސް މައްސަލަތައް ނުނިމޭނެ
ޚިޔާނާތުގެ ފައިސާ ނެގި އެންމެންނަށް ދައުވާކުރަން އެދެފި
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި