Roadha Mihaaru
ރޭޕް ކޭސް: ދެ މީހުންގެ ބަންދަށް ހަތް ދުވަސް

ރޭޕްގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ބަންދަށް އިތުރު ހަތް ދުވަސް

13 މެއި 2021

މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ލެމަންގްރާސް ހުންނަ މަގުގައި ރޭގަނޑު 8:20 ހާއިރު މަގުމަތިން ދިޔަ އަންހެނަކު ހިފަހައްޓައި، އޭނާ ގަދަ ދައްކަނިކޮށް، ހަނި ގޯޅިއެއްގެ ތެރޭގައި ހުރި ކޮޓަރިއަކަށް ވައްދައި ރޭޕްކުރަން އުޅުނު މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް މިވަނީ އިތުރުކޮށްފަ އެވެ. މި ފަހަރު އެމީހުންގެ ބަންދަށް ކޯޓުން ޖަހައިދީފައި ވަނީ ހަތް ދުވަސް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެ އެވެ.

އެ އަންހެންމީހާ ގެންދާ ވީޑިއޯ އާންމުވެފައި ވާއިރު، އެއިން ފެންނަނީ އެ ދެ ފިރިހެނުންނާއެކު ނުދާން އަންހެންމީހާ ގަދަ ދައްކަމުންދަނިކޮށް އުފުލައިގެން ގޯޅި ގަނޑަކަށް ވައްދާ މަންޒަރެވެ. އެ ވަގުތު ގިނަ ބަޔަކު މަގުމަތީގައި އުޅޭ މަންޒަރު ވެސް ފެނެ އެވެ. އެކަމަކު، އެއިން މީހަކު އެކަމަށް އަޅާލަައި މަންޒަރު ވެސް ނުފެނެ އެވެ. ގަދަކަމުން ގޯޅިއަށް ވައްދަން އުޅުން ވަގުތު އަންހެންމީހާ ބިންމައްޗަށް ވެއްޓުން ނަމަވެސް ކައިރީ ތިބި މީހުން ފިޔަވަޅެއް ނާޅަ އެވެ. އެ މީހުން ތިބީ މަންޒަރު ބަލާށެވެ.

އެންމެ ފަހުންް، އަންހެންމީހާ ސަލާމަތް ކުރީ، ކައިރީގައި ހުރި އީދު މިސްކިތުން އެވަގުތު ތަރާވީސްކޮށްގެން ނުކުން ބަޔަކު ކަމަށް މަންޒަރު ދުށް މީހަކު މީގެ ކުރިން "މިހާރު" އަށް ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ވެސް ކުށުގެ ރެކޯޑް އޮވެ އެވެ. އެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުނެެފައިވެ އެވެ.