Roadha Mihaaru
ހަމަލާއަށް ފަހު ސިފައިން ހަތިޔާރާ އެކު ރަށްރަށަށް

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރަށްރަށުގައި ވެސް ސިފައިން ހަތިޔާރާ އެކު

13 މެއި 2021

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މާލޭ ސަރަހައްދުގެ އިތުރުން އެހެން ރަށްރަށުގައި ވެސް ސިފައިންގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ހަތިޔާރާ އެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ އިތުރުން ސިފައިންގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނީ އަތޮޅު ތެރޭ ކޮން ހިސާބުތަކެއްގައި ކަމެއް އަދި ސަލާމަތީ ކަންކަން ވަރުގަދަކުރަން ޖެހުނީ އިތުރު ނުރައްކަލެއް އޮވެގެން ކަމެއް ވެސް އެމްއެންޑީއެފުން ސާފުކޮށެއް ނުދެ އެވެ.

ނަޝީދަށް ހަމަލާ ދިނީ ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު އައިއީޑީއެއް ގޮއްވާލައިގެންނެވެ. ހަމަލާގައި ނަޝީދަށް ލިބުނު ސީރިއަސް ޒަހަމްތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ބޮޑެތި ސާޖަރީތަކެއް ހެދުމަށް ފަހު މިއަދު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގެންފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް އެކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި ތަހުގީގަށް ބަންދުގައި ބައިތިއްބަން ވަނީ ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.