Roadha Mihaaru
ފުވައްމުލަކު މަގުތަކާއި ގޭގެއިން ފެން ނުހިނދި 4 ދުވަސް

ވިއްސާރައިގައި ފުވައްމުލަކުގެ ހާލަތު: ފެން ނުހިނދި ހަތަރު ދުވަސް

15 މެއި 2021

ވާރޭ ވެހުމުން ފުވައްމުލަކުގެ މަގުތަކުގައި ބޮޑުވާ ފެންގަނޑު، އާންމުކޮށް ހައެއްކަ ގަޑިއިރު ތެރޭގައި ހިނދޭ ކަމަށް އެ ސިޓީން ވާހަކަ ދެއްކި މީހަކު މިއަދު ބުންޏެވެ. އެކަމަކު، މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވެ، ހަތަރު ދުވަސްވީރު ވެސް ފެންގަނޑެއް ނުހިނދެ އެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން އެ ސިޓީ އަށް ވެހެމުންދާ ވާރޭގައި މަގުތަކުގައި ފެންބޮޑުވެ، ގޭގެ އަށް ވަބް ފެންތައް އަދިވެސް ނުހިނދޭތީ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މެދަށް އަޑިކޮށް އޮންނަ ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވެ، ހާލަތު މިހާ ގޯސްވީ، ބައެއް މީހުން ބުނިގޮތުގައި އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު ހިންގާ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތުގެ ސަބަބުންނެވެ.

އެމްޓީސީސީން މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ ވާރޭވެހިގެން ބޮޑުވާ ފެން ރަށުން ބޭރުކުރެވޭނެ އެއްވެސް އިންތިޒާމެއް ވަގުތީ ގޮތުން ހަމަޖައްސައި ނުދީ ކަމަށާއި އެހެންވެ ކާނުތައް ބެދިފައި ހުރުމުގެ ސަބަބުން ފެން ނުހިނދި ގިނައިރު ވެފައިވާ ކަމަށް ފުވައްމުލަކުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކުގެ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި.-- ފޮޓޯ: ތޯރިގް އަހްމަދު / ފޭސްބުކް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކުގެ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި.-- ފޮޓޯ: ތޯރިގް އަހްމަދު / ފޭސްބުކް

ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ، ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ހުއްޓާނުލާ އަދިވެސް ވާރޭވެހެމުން ދާތީ، އެ ސިޓީގެ މަގުމަތަކުގައި މިހާރު ހަދާފައިވާ ފެންހިންދާ ޕަންޕުތަކަށް ހިފަހައްޓާ ނުލާ ކަމަށެވެ.

ފުވައްމުލަކުގައި ފެން ހިންދަން މިހާރު އޮތީ އެންމެ ތިން ޕަންޕެވެ.

"މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނާތީ ބައެއް މަގުތަކުގެ ކާނުތައް ބެދިފައި ހުރީމާ މި ވަރަށް ފެންބޮޑުވެގެން މި އުޅެނީ. އެކަމަކު މި ލެވެލްގައި ހުއްޓާނުލާ ވާރެވެހުމުންދާތީ، ދެތިން ޕަންޕަކުން ފެން ނުހިންދޭނެ،" ލިރާރު ވިދާޅުވި އެވެ.

"އަދިވެސް ވަރަށް ގިނަ ގޭގެގައި، ގޭ ތެރޭގައި ވެސް އެބަހުރި ފެން ނުހިނދި އެބަހުރި."

ފުއްމުލަކުގައި ރަށުތެރޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރު ޖުލައި މަހުގަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން އެ ސިޓީގެ 31 މަގެއް ހަދަން ވަނީ ހަވާލުކޮށްފަ އެވެ. އަދި ފެން ހިންދާ ނިޒާމެއްގެ މަސައްކަތް ކުރުމަށް ވެސް އޮތީ ހަވާލުކޮށްފަ އެވެ.

ލިރާރު ވިދާޅުވީ ރަށުގެ ހާލަތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ވެސް ހިއްސާކުރަމުން އަންނަ ކަމަށާއި އެ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ފެންބޮޑުވެ، ފުވައްމުލަކުގެ ހާލަތު މިހާ ގޯސްވެފައިވާއިރު، ކޮވިޑް ފެތުރޭތީ އެ ސިޓީ އޮތީ މޮނީޓަރިންގެ ހާލަތުގައި ވެސް މެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކުގެ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި.-- ފޮޓޯ: ތޯރިގް އަހްމަދު / ފޭސްބުކް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކުގެ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި.-- ފޮޓޯ: ތޯރިގް އަހްމަދު / ފޭސްބުކް

ފެން ހިންދަން އިތުރު ޕަންޕެއް ފުވައްމުލަކަށް ފޮނުވަނީ

ނޭޝަނަލް ޑިޒާސްޓާ މެނޭޖަމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީޕް އެގްޒެކެޓީވް ޑިރެކްޓަރު އުމަރު ފިކްރީ ވިދާޅުވީ، ފުވައްމުލަކުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށްޓަކައި މިއަދު އިތުރު ޕަންޕެއް ވެސް ފޮނުވާނެ ކަމަށެވެ.

މަގުތަކުގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އިއްޔެ މީޑިއާ ގްރޫޕުގައި ވިދާޅުވީ ރަށްރަށުގައި ފެންބޮޑުވެފައިވާ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށެވެ. އެ ރަށްރަށަށް ގުޅުއްވައި ހާލަތު ބައްލަވަމުން ގެންދަވާކަން ވެސް ފާހަގަކުރެއްވި އެވެ.

މަބްރޫކް ވިދާޅުވެފައި ވަނީ ފެންބޮޑުވުމާއި އުދައެރުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ ރަށްރަށުގައި ރަނގަޅު ފެން ހިންދާ ނިޒާމެއް ބެހެއްޓިގެން ކަމަށެވެ.

"މި ސަރުކާރުން ހިންގާ މަގު ހެދުމުގެ ހުރިހާ ޕްރޮޖެކްޓެއްގެ ސްކޯޕްގައި ސްޓޯމް ވޯޓާ ޑްރައިނޭޖްގެ މަސައްކަތް ހިމެނޭ،" މަބްރޫކް ވިދާޅުވެފައިވެ އެވެ.