17 މެއި 2021
ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ އިންޑިއާ އަށް އެހީވާން ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ފިރިމީހާ، ކްރިކެޓް ތަރި ވިރާޓް ކޯލީ ފައިސާ ހޯދަން ހިންގި "އިން ދިސް ޓުގެދާ" ކެމްޕޭނަށް 11 ކްރޯޑް ލިބި، ކެމްޕޭން ނިންމާލައިފި އެވެ.
ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ އިންޑިއާ އަށް އެހީވާން ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ފިރިމީހާ، ކްރިކެޓް ތަރި ވިރާޓް ކޯލީ ފައިސާ ހޯދަން ހިންގި "އިން ދިސް ޓުގެދާ" ކެމްޕޭނަށް 11 ކްރޯޑް ލިބި، ކެމްޕޭން ނިންމާލައިފި އެވެ.
ދެމަފިރިންގެ ކެމްޕޭނަށް ލިބުނު ޖުމްލަ އަދަދަކީ 11.39 ކްރޯޑް ރުޕީސް (1.55 މިލިއަން ޑޮލަރު) އެވެ. ކެމްޕޭނުން ލިބުނު ފައިސާ ހަދިޔާކުރާނީ އޮކްސިޖަން ހޯދުމާއި އެ ނޫން ވެސް ކޮވިޑާ ގުޅުން ހުރި ކަންކަމަށް ބޭނުންވާ ތަކެތި ހޯދުމަށެވެ. އެގޮތުން ކެމްޕޭނުން ލިބުނު ފައިސާ ހަވާލުކުރަން ނިންމާފައި ވަނީ "އެކްޓް ގްރާންޓްސް" އަށެވެ.
#އިންދިސްޓުގެދާ ކެމްޕޭން ނިންމައިލުމަށް ފަހު އާންމުކޮށްފައިވާ ވީޑިއޯއެއްގައި އަނުޝްކާ އާއި ވިރާޓް ވަނީ އާންމުންގެ ފަރާތުން ލިބުނު އެހީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް، މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ.
އިންޑިއާގައި ކޮވިޑްގެ ހާލަތު ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ގޯސްވާން ފެށުމާ އެކު އިންޑިއާގެ ވަރަށް ގިނަ ސެލެބްރިޓީން އެކި ގޮތްގޮތުން އެހީވުމުގެ މަސައްކަތްކޮށްފައިވެ އެވެ. އަދި އިންޑިއާ އަށް އެހީވާން ފައިސާ ހަދިޔާކޮށް، ފަންޑްރައިޒިން ކެމްޕޭންތަކެއް ހޮލީވުޑްގެ ބައެއް ފަންނާނުން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
އަނުޝްކާ އާއި ވިރާޓްގެ އިތުރުން އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ އެމެރިކާގެ ފިރިމީހާ ނިކް ޖޯނަސް ވެސް ފައިސާ ހޯދަން "ޓުގެދާ ފޯ އިންޑިއާ" ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވެ އެވެ. އެ ކެމްޕޭންގެ ފައިސާ ހަދިޔާކުރަނީ ގިވް އިންޑިއާށެވެ.
ކްރިކެޓް ތަރި ޖޫލާންގެ ރޯލު ކުޅޭނީ ހަމަ އަނުޝްކާ
ޔޯގާ ޕްރޮމޯޓްކުރަން އަނުޝްކާ އަށް
ކްރިކެޓް ތަރި ޖޫލާންގެ ރޯލަށް އަނުޝްކާ
ބޯފެނުން ކާރު ދޮވުމުން ވިރާޓް ޖޫރިމަނާކޮށްފި
ވިރާޓު ކޯލީ އާއި އަނުޝްކާގެ ލޯތްބަށް އާ ފެށުމެއް
އަކޭ ގޮވައިގެން އަނުޝްކާ އިންޑިއާ އަށް ހިނގައްޖެ
އަނުޝްކާ އާއި ވިރާޓް އަށް ފިރިހެން ކުއްޖަކު ލިބިއްޖެެ
އަނުޝްކާ އިނީ ދެވަނަ ކުއްޖަކަށް ބަލިވެ
ރާއްޖެ ދަތުރު ނިންމާލި ގޮތަށް އަނުޝްކާ ހޮސްޕިޓަލަށް
ވިރާޓްގެ ކެރިއަރު ހަލާކުވީ ކައިވެންޏާ ހެދި: ޝުއައިބް