14 ޖެނުއަރީ 2020
ބަތަލާ އަނުޝްކާ ޝަރުމާ އިންޑިއާގެ އަންހެން ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ސޮއިކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ.
ބަތަލާ އަނުޝްކާ ޝަރުމާ އިންޑިއާގެ އަންހެން ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ސޮއިކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ.
އިންޑިއާގެ ގައުމީ ކްރިކެޓް ޓީމަށް ކުޅޭ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ އަންހެނުން ސޮއިކުރި އާ ފިލްމަކީ މީގެ ދެ އަހަރު ކުރިން އިއުލާންކުރި ކުރީގެ އަންހެން ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ ބައޮގްރަފިކަލް ޑްރާމާ އެވެ.
ނޫސްތަކުން ބުނާގޮތުގައި އޭނާގެ ރޯލް ކުޅެން ކަމުދާ ކަހަލަ ބަތަލާ އަކު ހޯދަން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ އެންމެ ފަހުން އަނުޝްކާ އަށް ފިލްމު ހުށަހެޅީ އެވެ. މީގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުގައި ލީކްވެފައިވާ އިރު، ފޮޓޯތަކުގައި ފެންނަނީ އަނުޝްކާ ކްރިކެޓް ޖާޒީގައި ޖޫލަންއާ އެކު ކަލްކަތާގެ އީޑަންސް ގާޑަން ސްޓޭޑިއަމްގައި އުޅެނިކޮށެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ފިލްމަށް ހާއްސަ ޕްރޮމޯއެއް މި މަހުގެ 25 ގައި ޝޫޓްކޮށް، ވަރަށް އަވަހަށް ރަސްމީކޮށް ފިލްމު އިއުލާންކުރާނެ އެވެ.
ޖޫލަންއާ އެކު އަނުޝްކާ ފިލްމުގެ ޝޫޓިންގައި.
އިންޑިއާގެ ގައުމީ އަންހެން ކްރިކެޓް ޓީމްގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ޖޫލާން، 37، ކްރިކެޓުން ރިޓަޔާކޮށްފައި ވަނީ 2018 ގަ އެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން އިންޑިއާގެ އަންހެން ކްރިކެޓް ޓީމް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. ޖޫލާން އަދި ފާހަގަކުރެވުނީ އަންހެން ކްރިކެޓް ކުޅުންތެރިންގެ ތެރެއިން އެންމެ ހަލުވި ބޯލަރުގެ ގޮތުގަ އެވެ.
ކްރިކެޓަށް ކޮށްދީފައިވާ ހިދުމަތްތަކާ ގުޅިގެން އިންޑިއާ ސަރުކާރުން ޖޫލާން އަށް 2012 ގައި ޕަދުމާ ޝްރީ އަދި 2010 ގައި އަރުޖުނާ އެވޯޑް ދީފައިވެ އެވެ.
އޭނާގެ ވާހަކަ ކިޔައިދޭ ފިލްމެއް އަނުޝްކާއާ އެކު ގެނެސްދޭން ތައްޔާރުވަމުން ދިޔަ ނަމަވެސް، މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ސޮނީ ޕިކްޗާޒް އިންޓަނެޝަނަލް ޕްރޮޑަކްޝަންސް އިންޑިއާ އާއި ދުނާމިނިސް އެންޓަޓައިންމަންޓް ގުޅިގެންނެވެ.
އެކަމަކު އަނުޝްކާ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލް ކުޅުމަކީ ފިރިމީހާ ވިރާޓްގެ އެހީ އާއި ލަފާ ވަރަށް ބޮޑަށް ލިބޭނެ ކަމެއް ކަމަށް ބެލެވެ އެވެ.
އަނުޝްކާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ގައި ޝާހްރުކް ޚާނާ އެކު ކުޅުނު ފްލޮޕް ފިލްމު "ޒީރޯ" އެވެ.
ބޯފެނުން ކާރު ދޮވުމުން ވިރާޓް ޖޫރިމަނާކޮށްފި
ވިރާޓު ކޯލީ އާއި އަނުޝްކާގެ ލޯތްބަށް އާ ފެށުމެއް
ކާތިކް ބޭނުމީ ކްރިކެޓް ތަރި ވިރާޓްގެ ރޯލު ކުޅެން
ކްރިކެޓް ތަރި ޖޫލާންގެ ރޯލު ކުޅޭނީ ހަމަ އަނުޝްކާ
ޖޫލާންގެ ރޯލަށް އަނުޝްކާގެ ބަދަލުގައި ޓްރިޕްތީ
އަނުޝްކާ އާއި ވިރާޓްގެ ބޮޑީގާޑަށް ބޮޑު މުސާރައެއް
އަނުޝްކާ ފިލްމަކަށް ތައްޔާރުވާން ފަށައިފި
އަނުޝްކާ އާއި ވިރާޓްގެ ކެމްޕޭނުން 11 ކްރޯޑް ރުޕީސް
އަނުޝްކާގެ ދަރިފުޅަށް ކިޔަނީ ވަމިކާ
އަނުޝްކާ އާއި ވިރާޓްގެ ދަރިފުޅާ އެކު އަމީތާބްގެ ޖޯކެއް