Roadha Mihaaru
ބޯފެނުން ކާރު ދޮވުމުން ވިރާޓް ޖޫރިމަނާކޮށްފި

ކްރިކެޓް ތަރި ވިރާޓް ކޯލީގެ ކާރު ބޯފެނުން ދޮވުނު މައްސަލާގައި ޖޫރިމަނާކޮށްފި

09 ޖޫން 2019

ސާފު ބޯފެނުގެ ދަތިކަން ކުރިމަތިވެފައިވާ އިންޑިއާގައި، މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީ ބޯފެނުން ކާރު ދޮވުނު މައްސަލައެއް ހޫނުވެ، އޭނާ 500 ރުޕީސް އިން ޖޫރިމަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސާފު ބޯފެނުގެ ދަތިކަން ކުރިމަތިވެފައިވާ އިންޑިއާގައި، މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީ ބޯފެނުން ކާރު ދޮވުނު މައްސަލައެއް ހޫނުވެ، އޭނާ 500 ރުޕީސް އިން ޖޫރިމަނާކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާގެ ފިރިމީހާގެ ކާރު ބޯފެނުން ދޮވުނު މައްސަލާގައި ޖޫރިމަނާ ކުރީ ދަ މުނިސިޕަލް ކޯޕަރޭޝަން އޮފް ގުރުގްރަމް (އެމްސީޖީ) އިންނެވެ. އެތަނަށް މި މައްސަަލަ ރިޕޯޓް ކުރީ ގުރުގްރަމްގައި ދިރިއުޅޭ ވިރާޓްގެ އަވަށްޓެރިއެކެވެ.

މީޑިއާތަކުން ބުނީ ގުރްގުރަމްގައި ހުންނަ ވިރާޓް ކޯލީގެ އެޕާޓްމަންޓްގެ ބޭރުގައި ޕާކްކޮށްފައި އޮތް ކާރު، ސާފު ބޯފެނުން ދޮވުނީ އޭނާގެ ގޭގެ ނޯކަރެއް ކަމަށެވެ. އަދި ކާރު ދޮންނަން އެތައް ހާސް ލީޓަރެއްގެ ސާފު ބޯފެން ބޭނުންކޮށްފައިވާ ކަމަށް އެމްސީޖީ އަށް ހުށަހެޅި މައްސަލާގައި ބުންޏެވެ.

އިންޑިއާގެ އެތައް މިލިއަން ރައްޔިތުންނަކީ ސާފު ބޯފެން ލިބުމުގެ ދަތިކަން ތަހައްމަލު ކުރަމުންދާ ބަޔަކަށްވެފައި، ކާރެއް ދޮންނަން ސާފު ބޯފެން ބޭނުން ކުރި މައްސަލާގައި ވިރާޓަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

އަދި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަނެއްގެ މަގާމުގައި ވެސް ހުރި މީހެއްގެ ފަރާތުން މިފަދަ ކަމެއް ފެނުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ބައެއް މީހުން ބުންޏެވެ.