Roadha Mihaaru
ޕްރިޔަންކާ އާއި މޯހިތު ކައިވެނިކުރުވަން އުޅުނު!

ޕްރިޔަންކާ އާއި މޯހިތު ކައިވެނިކުރުވަން އާއިލާ އިން އުޅުނު!

18 މެއި 2021

ބަަަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ޓީވީ އެކްޓަރު މޯހިތު ރައިނާގެ ކައިވެނީގެ އަޑު އެހިން ހެއްޔެވެ؟ ގިނަ ބަޔަކަށް މިއީ އެހާ އާންމު ވާހަކައަކަށް ނުވެދާނެ އެވެ. އެކަމަކު ޕްރިޔަންކާ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާއާ ދެވާނެ މީހަކު ހޯދަން އާއިލާ އިން ކުރިން ކުރި މަސައްކަތުގެ ތެރޭގައި ހޮވުމަކަށް މޯހިތުވި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަަަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ޓީވީ އެކްޓަރު މޯހިތު ރައިނާގެ ކައިވެނީގެ އަޑު އެހިން ހެއްޔެވެ؟ ގިނަ ބަޔަކަށް މިއީ އެހާ އާންމު ވާހަކައަކަށް ނުވެދާނެ އެވެ. އެކަމަކު ޕްރިޔަންކާ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާއާ ދެވާނެ މީހަކު ހޯދަން އާއިލާ އިން ކުރިން ކުރި މަސައްކަތުގެ ތެރޭގައި ހޮވުމަކަށް މޯހިތުވި އެވެ.

އެ ދުވަސްވަރަކީ މޯހިތު ވަރަށް ވަރުގަދަ ރޯލެއް ކުޅުނު ކުރީގެ "އޯކޭ" ޗެނެލް އަދި މިހާރު ސްޓާ ބާރަތުގެ "ދޭވޯން ކޭ ދޭވް: މަހާދޭވް" ދައްކަމުން ދިޔަ ދުވަސްވަރެވެ. އެ ސިލްސިލާ އަކީ 2011-2014 އަށް ދެއްކި އެއްޗެކެވެ. ހިންދޫންގެ ހުރާފީ ވާހަކަ ލޯޑް ޝިވާ އަށް ބިނާކޮށް ގެނެސްދިން ސިލްސިލާގައި މޯހިތު، 38، ކުޅުނީ މަހާދޭވްގެ ރޯލެވެ.

ޕްރިޔަންކާ ބުނެފައިވާ ގޮތުގައި އެ ސިލްސިލާގައި މޯހިތު ކުޅުނު ކެރެކްޓާވެގެން ދިޔައީ އޭނާގެ އާއިލާގެ މީހުންނަށް ވަރަށް ކަމުދިޔަ ރޯލަކަށެވެ. އެގޮތުން އޭގައި މޯހިތު ފެންނަ ގޮތާއި އޭނާގެ މިޒާޖާއި އުޅުން ހުންނަ ގޮތް މަޑުމައިތިރިވެފައި ސާދާކަމުން އެ ކެރެކްޓާ އަށް ހިތްޖެހި މޯހިތަކީ ފިރިއެއްގެ ގޮތުގައި ޕްރިޔަންކާ އަށް އެންމެ އެކަށޭނެ މީހާ ކަމަށް އާއިލާ އިން ނިންމި އެވެ. އަދި ޕްރިޔަންކާއާ ކައިވެނިކުރުވަން އާއިލާ އިން މޯހިތު ހޯދޭތޯ ވެސް މަސައްކަތްކޮށްފައިވާ ކަމަށް ޕްރިޔަންކާ ބުންޏެވެ.

އެކަމަކު ތަގުދީރު ނިޔާކުރި ގޮތުން ފަހުން އެ ވާހަކަވީ ހަމައެކަނި ޕްރިޔަންކާގެ އާއިލާގެ ތެރޭގައި ދެކެވުނު ވާހަކައަކަށެވެ. އަދި މޯހިތާ ހަމައަށް ރަސްމީކޮށް، ޕްރިޔަންކާގެ އާއިލާގެ ހުށަހެޅުމެއް ވެސް ނުދެ އެވެ. އެކަމަކު އެކަން ފަހުން މޯހިތަށް އެނގިގެން އެކަމާ އުފާވި ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

ޕްރިޔަންކާ، 39، ކައިވެނިކުރީ 2018 ގަ އެވެ. އޭނާގެ ފިރިމީހާ އަކީ އެމެރިކާގެ މިއުޒިޝަން/އެކްޓަރު ނިކް ޖޯނަސް އެވެ.

މޯހިތަކީ އަދިވެސް ހުސްހަށި ބަޔަށް ހުރި މީހެކެވެ. އޭނާ އާއި ބަތަލާ މޯނީ ރޯއި ލޯބީގެ ގޮތުން ކުރިން ގުޅުނު ކަމަށް ވަރަށް ބޮޑަށް އަޑުއަރާފައިވެ އެވެ. މޯނީ އަކީ މޯހިތާ އެކު "ދޭވޯން ކޭ ދޭވް: މަހާދޭވް" މަސައްކަތްކުރި ބަތަލާއެކެވެ. އަދި މިހާރު އޭނާ އަކީ ވެސް ބޮލީވުޑްގެ ބަތަލާއެކެވެ.

މޯހިތިު ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި ޑޮން މުއްތު ސުވާމީ (2008)، އުރީ: ދަ ސާޖިކަލް ސްޓްރައިކް (2018)، ގުޑް ނިއުސް (2019) އަދި ނެޓްފްލިކްސްގެ ފިލްމު މިސިޒް ސީރިއަލް ކިލާ (2020) ހިމެނެ އެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ޝިއްދަތު" އެވެ.

މޯހިތު މިހާތަނަށް ތިން ވެބް ސީރީޒް ވެސް ކުޅެފައިވެ އެވެ. އެއީ ކާފިރު (2019)، "ބައުކާލް (2020) އަދި އަ ވައިރަލް ވެޑިން (2020) އެވެ.