Roadha Mihaaru
ޕްރިޔަންކާ މާފަށް އެދިއްޖެ

"ކްއަންޓިކޯ" ގައި ދެއްކި މަންޒަރާ ގުޅިގެން ޕްރިޔަންކާ ޗޯޕްޅާ އާއި އޭބީސީން މާފަށް އެދިއްޖެ

11 ޖޫން 2018

އޭބީސީން ގެނެސްދޭ، ޕްރިޔަންކާ ޗޯޕްޅާގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ އެޕިސޯޑެއްގައި އިންޑިއާގެ ބަޔަކު ޓެރަރިސްޓުންގެ ގޮތުގައި ދައްކާފައި ވާތީ ޕްރިޔަންކާ އާއި އޭބީސީން މާފަށް އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޭބީސީން ގެނެސްދޭ، ޕްރިޔަންކާ ޗޯޕްޅާގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ އެޕިސޯޑެއްގައި އިންޑިއާގެ ބަޔަކު ޓެރަރިސްޓުންގެ ގޮތުގައި ދައްކާފައި ވާތީ ޕްރިޔަންކާ އާއި އޭބީސީން މާފަށް އެދިއްޖެ އެވެ.

މިހާރު ދައްކާ "ކްއަންޓިކޯ" ގެ ފަހު ސީޒަނުގައި "ދަ ބްލަޑް އޮފް ރޯމިއާ" ގެ ނަމުގައި ގެނެސް ދިން އެޕިސޯޑްގައި އިންޑިއާގެ ބަޔަކު، ޕާކިސްތާންގެ ބޮލުގައި އަޅުވަން އެމެރިކާގެ މެންހަޓަންގައި ބޮމެއް ގޮއްވައިލަން ކުރާ މަސައްކަތްތަކެއް ދައްކަ އެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ވަރަށް ގިނަ ބަޔަކު ޕްރިޔަންކާއަށާއި "ކްއަންޓިކޯ" ގެ ޓީމަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެ ސިލްސިލާ ބޮއިކޮޓް ކުރަން ގޮވައިލުމުން އޭބީސީން ހުކުރު ދުވަހު ބުނީ އިންޑިއާގެ ބަޔަކު ޓެރަރިސްޓުންގެ ގޮތުގައި ދެއްކީ އެ ގައުމުގެ ނަން ހަރާބުކޮށްލުމުގެ ނިޔަތެއްގައި ނޫން ކަަމަށެވެ.

ޕްރިޔަންކާގެ ޓްވީޓް.

މި ސިލްސިލާގައި ތަފާތު ގައުމުތަކަށް ނިސްބަތްވާ މީހުން އެކި ގޮތްގޮތަށް ދައްކުވައި ދީފައިވާނެ ކަމަށާއި އެއީ ވަކިން އިންޑިއާ އަށް އަމާޒުކޮށްގެން ކުރި ކަމެއް ނޫން ކަމަށް ބުންޏެވެ.

ޕްރިޔަންކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާތީ، އޭބީސީގެ ބަޔާނުގައި ބުނީ "ކްއަންޓިކޯ" ގައި އެކްޓް ކުރުން ފިޔަވައި އެހެން އެއްވެސް ކަމެއްގައި އިންޑިއާގެ ބަތަލާގެ ހިއްސާއެއް ނޯންނާނެ ކަމަށެވެ. އެގޮތުން އޭގެ ސްޓޯރީ ބޯޑް ރޭވުމާއި އޭގެ ޑައިރެކްޝަނާއި އަދި އެ ނޫން ވެސް ޓެކްނިކަލް ކަމެއްގައި ޕްރިޔަންކާގެ ހިއްސާއެއް ނޯންނާނެ ކަމަށް ބުންޏެވެ. އެހެންވެ ޕްރިޔަންކާ އަށް އަމާޒުކޮށް ފާޑު ކިޔުމަކީން އިންސާފެއް ނޫން ކަމަށް ބުންޏެވެ.

"Quatico" ge manzarakun Indian meehun rulhigadhavejje

"Quatico" ge manzarakun Indian meehun rulhigadhavejje

The most trusted news source in the Maldives

Mihaaru

ޕްރިޔަންކާގެ އަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވި.

މިކަމާ ގުޅިގެން ޕްރިޔަންކާ ކުރި ޓްވީޓެއްގައި ވަނީ "ކްއަންޓިކޯ" ގައި ދެއްކި މަންޒަރަށް އަމިއްލަ ހައިސިއްޔަތުން މާފަށް އެދޭ ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި ސިލްސިލާގެ އެއްވެސް މަންޒަރެއްގައި އެއްވެސް ބައެއްގެ އިހުސާސްތަކާ ކުޅުމުގެ ނިޔަތެއް ނެތެވެ. އަދި އެފަދަ ކަމެއް ކުރެވިފައިވާ ނަމަ މައާފަށް އެދޭ ކަމަށް ބުންޏެވެ.

"އަހަރެން މާފަށް ވެސް އެދެން. އަދި އިންޑިއާ ރައްޔިތަކަށްވުމަކީ އަހަރެން އަބަދު ވެސް ފަހުރުވެރި ވާނެ ކަމެއް. އެކަން ބަދަލެއް ނުވާނެ،" ޕްރިޔަންކާ ބުންޏެވެ.

މިދިޔަ އެޕްރީލް މަހުގެ 26 ގައި ދައްކަން ފެށި "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަނުގައި ގެނެސް ދޭނީ ޖުމްލަ 13 އެޕިސޯޑެވެ. ފަހު އެޕިސޯޑް ދައްކާނީ އޮގަސްޓް މަހުގެ 3 ގަ އެވެ.