ރާއްޖޭގެ ޖަލުތަކުގައި ބަންދުވުމަށް ފަހު ނުކުންނައިރު މީހުންގެ ވިސްނުން މުޅިން ބަދަލުވެފައި ތިބޭ ކަމަށާއި އެ ތަންތަނަކީ ހަރުކަށިފިކުރުގެ އައްޑާތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވިސާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޖަލުތަކުގައި ބަންދުވުމަށް ފަހު ނުކުންނައިރު މީހުންގެ ވިސްނުން މުޅިން ބަދަލުވެފައި ތިބޭ ކަމަށާއި އެ ތަންތަނަކީ ހަރުކަށިފިކުރުގެ އައްޑާތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވިސާމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މި ދައުރުގެ ފުރަތަ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ބެހޭގޮތުން ކުރި ބަހުސްގައި ވިސާމް ވިދާޅުވީ ޖަލުގައި ހަރުކަށި ފިކުރު ފެތުރުމުގެ ކަންތައް އިންތިހާ އަށް ބޮޑުވެފައި ވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. ޖަލުގައި ބަންދުކުރާ މީހުން ކެޓަގަރައިޒް ކުރުމަކީ މިއަދުން މިއަދަށް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދުގެ ޖަލުތަކަކީ ހަގީގަތުގައި ހަރުކަށި ފިކުރު ފަތުރާ އައްޑާއެއްގެ ގޮތުގައި އަޅުގަނޑަށް ހަމަ ސިފަވޭ،" ވިސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރާ މީހުން އެނބުރި މުޖުތަމައަށް އަންނަ އިރު ތިބެނީ ވިސްނުން ބަދަލުވެފައި ކަމަށާއި އާއްމު ދިރިއުޅުމުގައި އެހެން މީހުން ވިސްނާގޮތް މުޅިން ތަފާތުވާ ކަަމަށެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް އެންމެން އެކުގައި ތެދުވަން ވެސް އޭނާ ގޮވައިލެއްވި އެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރޭ ވާހަކަ އެންމެ ގިނައިން ދައްކަވާ އެކަމުގެ އިންޒާރު ދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ. އެ މަނިކުފާނަށް ހަމަލާ އަމާޒުވީ އެ ވާހަކަފުޅު ދައްކަވަދައްކަވާ ހުންނަވަނިކޮށް ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.
ނަޝީދަށް ދިން ބޮމުގެ ހަަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވި އެވެ. އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާ އަށް މިހާރު ވަޑައިގެން ހުންނެވީ ޖަރުމަނުގަ އެވެ. ނަޝީދަށް އެމްއެންޑީއެފުން ދެމުން އައި ސެކިއުރިޓީ ބްރީޗްވި ގޮތެއް ތަހުގީގުކުރުމަށް ޓަކައި ޕާލަމެންޓްރީ އިންކުއަރީ ކުރިއަށް ގެންދަން މަޖިލީހުން މިއަދު ފާސްކުރި އެވެ.
ނަޝީދަށް ދިން ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތަށް މިހައިތަަނަށް ހައްޔަރުކުރި ތިން މީހުންނަކީ ވެސް އެހަމަލާއަކީ ގުޅިފައި ވަނީ ހަރުކަށިފިކުރާ ކަން ނުވަތަ ނޫންކަން ހޯދިފައިވާ ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.
ހަރުކަށި ފިކުރުގެ ތަހުގީގުތައް އަވަސްކުރަން ފާސްކޮށްފި
މަޖިލިސް: ރައީސާއި ނައިބު ރައީސް ވެސް ނެތި!
ނަފްރަތު ބިލް ކޮމިޓީ ނިންމުމުން ޔައުގޫބުގެ ހުށަހެޅުމެއް
ޖަލުގައި ހަރުކަށިފިކުރު ފަތުރާ މީހުން ތިބޭ: އިމްރާން
ޓެރަރިޒަމް ހަމަލާ މަދުކުރަން ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ
"ނަޝީދުގެ ހަމަލާއާ ގުޅޭ ރިޕޯޓަށް އަމަލުކުރަން ޖެހޭ"
ބޮމުގެ ހަމަލާގެ ޝަރީއަތް ލަސްވާތީ ކަންބޮޑުވޭ:މަޖިލިސް
ފައިސާ ހަރަދުކޮށް, ފޮރުވިގެން ތިބީ ކޮން ބައެއް؟
ވަކީލަކު ހަމަނުޖެހުމުން ނާޒިމްގެ މައްސަލަ ނުބޭއްވުނު
އަލިމަނިކުގެ ދިފާއަކީ ރައީސް ދެއްވި މާފު!