Roadha Mihaaru
ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

އައްޑޫގައި ފަސް މީހަކު ވެގެން ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރ 2016

އައްޑޫގައި ފަސް މީހަކު ވެގެން އުމުރުން 16 އަހަރުގެ އަންހެންކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ފަސް މީހަކު ވެގެން އުމުރުން 16 އަހަރުގެ އަންހެންކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ގަން ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ މިދިޔަ ބުދަދުވަހުގެ ރޭގެ ދަންވަރު ކަމަށެވެ.

"މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު ތަފުސީލެއް އަދި ދެވޭކަށް ނެތް. މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ފަސް މީހަކު ވެގެން ޖިންސީ ގޯނާކުރި ކުއްޖާ އަކީ މަރަދު އަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. އަދި އޭނާ އަށް ގޯނާކުރި ކަމަށް ބުނަނީ ހިތަދޫގެ ޒުވާނުންތަކެކެވެ.

ޖިންސީ އަނިޔާ ލިބުނު ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ވެސް ދީފައިވެ އެވެ.

މި މައްސަލަ ހިތަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.