Roadha Mihaaru
ބޮމުގެހަމަލާގެ ތަހުގީގަށް ކުރިއެރުން ލިބިއްޖެ: އިމްރާން

ނަޝީދަށް ދިން ހަަމަލާގެ ތަގުގީގަށް އެކަށީގެންވާ ކުރިއެރުން ލިިބިއްޖެ: އިމްރާން

24 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮޑުމުގެ ހަމަލާގެ މައްސަލަ ތަހުގީގުކުރަން 450 އެއްހާ ފުލުހުން ހާއްސަކޮށްފައިވާ ކަަމަށާއި އެ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮޑުމުގެ ހަމަލާގެ މައްސަލަ ތަހުގީގުކުރަން 450 އެއްހާ ފުލުހުން ހާއްސަކޮށްފައިވާ ކަަމަށާއި އެ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު، އަބްދުﷲ ރިޔާޒް ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވަން ވަޑައިގެންނެވުމުން، ރިޔާޒް އެދިވަޑައިގަތީ ހަަމަލާގެ ތަހުގީގާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވުމަށެވެ. އިމްރާން ވަޑައިގަތީ ތިމަަރަފުށީގައި ފުލުހުންގެ މަރުކަޒެއް އެޅުމާ ބެހޭ ގޮތުން މިދިޔަ މާޗްމަހު ފޮނުއްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.

ނަމަވެސް ސުވާލުކުރައްވަން ލިބިވަޑައިގަތް ފުރުސަތުގައި ރިޔާޒް ވިދާޅުވީ މިހާރުގެ ހާލަތުގައި އެ ޓެރަރިސްޓް ހަމަލާ އާއި ކޮވިޑްގެ ބަލިމަޑުކަމާ ބެހޭ ގޮތުން މިނިސްޓަރު އެއްޗެއް ވިދާޅުނުވަނީސް އަސްލު ސުވާލައިގެން ކުރިއަށްދާން ދަތި ކަަމަށެވެ. އެހެންވެ، އެ ސުވާލު ކުރެއްވުމުގެ އިޒުނައަށް އޭނާ އެދިވަޑައިގަތެވެ.

"އެކަމަށް ފުލުހުންގެ ތެރެއިން އެންމެ ފުރަތަމަ 450 އެއްހާ އޮފިސަރުން ހާއްސަ ކުރެވި ތަހުގީގުކުރުމުގެ މަސައްކަތް ފެށި، މިއަދާ ހަމައަށް އައި އިރު އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ވޭ،" އިމްރާން ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ތަހުގީގު ކުރިއަށްދާ ސްޕީޑާ ދޭތެރޭގައި ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެއީ މިހާރު އޮތް ކޮޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނާއި އެނޫން ގޮތްގޮތުން ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ވެސް ހައްޔަރުކޮށްފައި ތިބި ހަތަރު މީހުން ތިބީ [ކޮވިޑަށް] ޕޮޒިޓިވް ވެފައި. އަދި އަދި ޓީމްގެ ވަރަށް ގިނަ އޮފިސަރުން ވެސް ތިބީ ޕޮޒިިޓިވްވެފައި،" އިމްރާން ވިދާޅުވި އެވެ.

ނަަމަވެސް ތަހުގީގަށް ހޭދަކުރަމުން އަންނަ ވަގުތާއި ލަމުން އަންނަ ހިތްވަރާ މެދުގައި ހިތްހަމަޖެހިވަޑައިގަންނަވާ ކަަމަށެވެ. އެގޮތުން ހަމަލާއަށް ފަހު އައި ފުރަތަމަ ދެތިން ދުވަހު ބައެއް ފުލުހުން މަސައްކަތްކުރަމުން ދިޔައީ 24 ގަޑިއިރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެ މަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވުމުން އޭޑީކޭ ހޮސްޕިޓަލްގައި ގިނަ ސާޖަރީތަކެއް ހެދި އެވެ، އަދި ފަހުން ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގެންފަ އެވެ.