އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، މަނާކުރާ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރާ ތާރީހު ފަސްކުރަން ނިންމައިފައިވާކަން އެނގިއްޖެ އެވެ.
31 މެއި 2021
އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، މަނާކުރާ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރާ ތާރީހު ފަސްކުރަން ނިންމައިފައިވާކަން އެނގިއްޖެ އެވެ.
މި ގާނޫނުގެ ދަށުން، މާދަމާއިން ފެށިގެން ނުވަ ބާވަތެއްގެ އެއްޗެހި މަނާކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ނެރުއްވި ގަރާރުގައި ކަނޑައަޅުއްވާފައިވެ އެވެ. ނަމަވެސް މަނާކުރާ ތާރީހު ފަސްކުރަން ނިންމާފައި ވަނީ ކޮން ބާވަތްތަކެއްގެ ކަމެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ ރައީސްގެ ގަރާރަށް ގެނައި ބަދަލުތައް މިއަދުގެ ވަގުތެއްގައި ގެޒެޓުކުރައްވާނެ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
މާދަމާ އިން ފެށިގެން މަނާކުރަން ނިންމާފައި އޮތް ބާވަތްތަކުގެ ތެރޭގައި، ރާއްޖޭގައި ގިނަ އަދަދަކަށް ގެންގުޅޭ ސުޕާރީ ޕެކެޓު ވެސް ހިމެނެ އެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެ އެތެރުކުރުން މަނާކުރާނެ 12 ބާވަތެއް ރައީސް ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 30 ގަ އެވެ. އޭގެ ތެރެއިން ނުވަ ބާވަތެއް މާދަމާ މަނާކުރަން އޮތް އިރު، ބާކީ ތިން ބާވަތުގެ ތެރެއިން ދެ ބާވަތެއް މަނާ ވާނީ ޑިސެމްބަރު 1، 2022 ގަ އެވެ. އަދި ޑިސެމްބަރު 1، 2023 ގައި ވެސް އިތުރު ބާވަތެއް މަނާކުރާނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 7 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނު ރައީސް ތަސްދީގުކުރެއްވީ، އެ މަހުގެ 22 ވަނަ ދުވަހު އެވެ. އެ ގާނޫނުގެ ދަށުން، ރާއްޖެ އެތެރެކުރުން މަނާވާނެ ތަކެތި، ޖެނުއަރީ 1، 2021 ގެ ކުރިން ރައީސް ކަނޑައަޅުއްވައި އިއުލާން ކުރެއްވި އެވެ.
1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި.
2- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ.
3- ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ދިނުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު.
4- ކާބޯތަކެތި ބަންދުކުރާ ސްޓްއިރަފޯމް ފޮށި.
5- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު.
6- 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި.
7- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު.
8- ރާއްޖެ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި. އޭގައި ފެނާއި ލުއިބުއިން ހިމެނޭ.
9- ރާއްޖެ އަށް އިމްޕޯޓުކުރާ 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރިއިރު، ސަރުކާރުން އަންނަނީ އެއްފަހަރު ބޭނުންކޮށް އުކައިލާ ޕްލާސްޓިކާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރު ސަރުކާރުގެ ބައެއް އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިލުން ވެސް ހިމެނެ އެވެ.
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!
ސުޕާރީ ޕެކެޓް އަންނަ މަހުން ފެށިގެން މަނާ
ޕްލާސްޓިކާ ދެކޮޅަށް ޗައިނާ ހަނގުރާމަ އަށް ނުކުންނަނީ
ޖަރުމަނުގައި ވެސް ޕްލާސްޓިކް ކޮތަޅު މަނާކުރަނީ
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ޕްލާސްޓިކާ ދެކޮޅު ނަމޫނާ ދަރިވަރުން
ތިމާވެށީގެ ހިމާޔަތުގައި ނަމޫނާ ދެމަފިރިން!
ޕްލާސްޓިކް ބޭނުން ކުރުން ރައީސް އޮފީހުން ހުއްޓާލައިފި