Roadha Mihaaru
ނެއިތިކްގެ ކައިވެނި ބޮޑު ހާޖާނުގަނޑަކަށް!

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ނެއިތިކްގެ ކައިވެނި ބޮޑު ހާޖާނުގަނޑަކަށް!

02 ޖޫން 2021

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިތާ ކެހެލާތާ ހޭ" ގެ ކުރީގެ ލީޑް ބަތަލު ނެއިތިކްގެ ރޯލު ކުޅެގެން މަޝްހޫރުވި އެކްޓަރު ކަރަން މެހެރާގެ ކައިވެނި ބޮޑު ހާޖާނުގަނޑަކަށް ބަދަލުވެފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިތާ ކެހެލާތާ ހޭ" ގެ ކުރީގެ ލީޑް ބަތަލު ނެއިތިކްގެ ރޯލު ކުޅެގެން މަޝްހޫރުވި އެކްޓަރު ކަރަން މެހެރާގެ ކައިވެނި ބޮޑު ހާޖާނުގަނޑަކަށް ބަދަލުވެފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އޭނާ އާއި އަންހެނުން ނިޝާ ރާވަލްގެ މެދުގައި ބޮޑެތި މައްސަލަތަކެއް ޖެހި ކައިވެނި ރޫޅައިލަން އުޅޭކަމުގެ ވާހަކަތައް މީޑިއާތަކުގައި ދެކެވެން ފެށީ އެޕްރީލް މަހުން ފެށިގެންނެނެވެ. އެކަމަކު އެކި ފަހަރު މަތިން އެ ދެ މީހުން ވެސް އެ ވާހަކަތައް ސޯޝަލް މީޑިއާގައި ދޮގުކޮށްފައިވެ އެވެ.

ނަމަވެސް ގެވެށިއަނިޔާގެ މައްސަލައެއްގައި ހޯމަ ދުވަހުގެ ރޭ ފުލުހުން ކަރަން ހައްޔަރުކުރި ކަމަށާއި ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ އަންގާރަ ދުވަހު ހެނދުނު ކަމަށް މީޑިއާތަކުން ބުންޏެވެ. ނޫސްތަކުން ބުނި ގޮތުގައި ކަރަން ހައްޔަކުރީ ނިޝާ އަށް ގެވެށިއަނިޔާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

ބައެއް މީޑިއާތަކުން ބުނީ އެ ދެ މީހުންގެ ދޭތެރޭގައި ހިނގި ހޫނު ޒުވާބުގަނޑަކަށް ފަހު ކޮޓަރީގެ ފާރަށް ނިޝާ "ތަތްކޮށްލައި" އޭނާ އަށް ކަރަން އަނިޔާކޮށްފައިވާ ކަމަށެވެ.

ކަރަން އާއި ނިޝާ ކައިވެނިކުރީ 2012 ގަ އެވެ. އެ ކައިވެންޏަށް މިހާރު ހަތަރު އަހަރުގެ ފިރިހެން ދަރިޔަކު ވެސް އެބަ ހުއްޓެވެ.

"ޔޭ ރިޝްތާ ކިތާ ކެހެލާތާ ހޭ" ގައި ހީނާ ޚާން ކުޅުނު އަކްޝަރާގެ ފިރިމީހާގެ ރޯލު ނައިތިކަކީ އަނބިމީހާ އާއި އާއިލާ ދެކެ ވަރަށް ލޯބިވާ މަޑުމައިތިރި ޒިންމާދާރު ފިރިއެކެވެ. އެކަމަކު ހަގީގީ ދިރިއުޅުމުގައި ކަރަން، 38، ގެ ފަރާތުން ފެނިފައި މި ވަނީ އޭގެ އިދިކޮޅެވެ.

ދެހާސް ނުވައެއްގައި ދައްކަން ފެށި "ޔޭ ރިޝްތާ ކިތާ ކެހެލާތާ ހޭ" އިން ކަރަން އާއި ހީނާ ވަނީ 2016 ގައި ވަކިވެފަ އެވެ. އެ ސިލްސިލާ ދޫކޮށްލައި އެ އަހަރު ކަލާޒްގެ "ބިގް ބޮސް 10" ގައި ކަރަން ވާދަކުރި އެވެ.