Roadha Mihaaru
އެތުލެޓިކޯ އަށް ލީގު ހޯދައިދީފައި ސިމިއޯނީ ރާއްޖެއަށް

އެތުލެޓިކޯއަށް ލީގު ހޯދައިދިނުމަށް ފަހު ސިމިއޯނީ ރާއްޖެއަށް

01 ޖޫން 2021

ބުރަ އަދި އުނދަގޫ ސީޒަންގައި ލަ ލީގާގެ ޗެމްޕިއަންކަން، އެތުލެޓިކޯ މެޑްރިޑަށް ހޯދައިދިނުމަށް ފަހު، އެ ޓީމުގެ ކޯޗް ކޯޗް ޑިއޭގޯ ސިމިއޯނީ އަރާމުކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބުރަ އަދި އުނދަގޫ ސީޒަންގައި ލަ ލީގާގެ ޗެމްޕިއަންކަން، އެތުލެޓިކޯ މެޑްރިޑަށް ހޯދައިދިނުމަށް ފަހު، އެ ޓީމުގެ ކޯޗް ކޯޗް ޑިއޭގޯ ސިމިއޯނީ އަރާމުކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.

ޗުއްޓި ހޭދަކުރަން އިއްޔެ ރާއްޖެ އައި ސިމިއޯނީ ހުރީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި - ޕްރައިވެޓް އައިލެންޑްގަ އެވެ. އޭނާ އެ ރިސޯޓްގައި ހުރިކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.

ލަ ލީގާގެ ކްލަބު، ސެލެޓަ ވީގޯގައި ރާއްޖޭގެ "ވިޒްޓް މޯލްޑިވްސް" އިން ވަނީ އިސްތިހާރު ކޮށްފަ އެވެ. އެ ޓީމުގެ ޖޯޒީ އާއި ސްޓޭޑިއަމްގައި "ވިޒިޓް މޯލްޑިވްސް" ގެ އިސްތިހާރު ވަނީ ޖަހައިފަ އެވެ. ސެލްޓަ ވީގޯގެ މިޑްފީލްޑާ ޑެނިސް ސުއަރޭޒް ވެސް މިވަގުތު ހުރީ އިތާފުށީގައި ކަން "މިހާރު" އަށް ވަނީ ކަށަވަރު ވެފަ އެވެ.

ސިމިއޯނީ އިއްޔެ ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި

ސިމިއޯނީ އިއްޔެ ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި

އިތާފުށިން ދަނީ އެ ރިސޯޓްގެ ބްރޭންޑް އިސްތިހާރު ކުރުމަށް ބައިނަލްއަގްވާމީ ގިނަ ޕްލެޓްފޯމްތަކުގައި މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ލީގު، ޕްރިމިއާ ލީގުގައި ވެސް އިތާފުށިން ވަނީ އިސްތިހާރު ޖަހައިފަ އެވެ.

އިތާފުށި ރިސޯޓުން ބުނީ ފުޓްބޯޅަ ކްލަބްތަކުގައި އުޅޭ ކުޅުންތެރިން ޗުއްޓީ އަށް ގެންނަން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. މިގޮތަށް އިޝްތިހާރުކުރުމުގެ ބޭނުމަކީ ވެސް އެއީ ކަމަށް އެ ރިސޯޓުން ބުންޏެވެ. މިދިޔަ ދުވަސްތަކުގައި ވެސް އެ ރިސޯޓަށް ވަނީ މަޝްހޫރު ގިނަ ފުޓްބޯޅަ ކުޅުންތެރިން ޒިޔާރަތްކޮށްފަ އެވެ. ރެއާލް މެޑްރިޑާއި ޔުވެންޓަސްއަށް ކުޅުމަށް ފަހު މިދިޔަ މަހު ފުޓްބޯޅަ ކުޅުން ހުއްޓާލި ސާމީ ކެދީރާ އާއި ބާސެލޯނާގެ ވައިސް ކެޕްޓަން ޖެރާޑް ޕީކޭ، އަދި ކުރިން އެ ޓީމަށް ކުޅުނު ޕައުލީނިއޯގެ އިތުރުން ފްރާންސްގެ ޕެޓްރިކް އެވްރާ ވެސް މީގެ ކުރިން ވަނީ ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފަ އެވެ.

ލަ ލީގާގެ ޗެމްޕިއަންކަން، އެތުލެޓިކޯއަށް ސިމިއޯނީ ހޯދައިދިނީ ވާދަވެރި ރެއާލް މެޑްރިޑަށް ވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ.

އެ ތައްޓަކީ 2011 ވަނަ އަހަރު އެ ކްލަބާ ހަވާލުވި ސިމިއޯނީ ފަހުން، ކާމިޔާބުކުރި 8 ވަނަ ތައްޓެވެ. ސިމިއޯނީގެ އިރުޝާދުގެ ދަށުން އެތުލެޓިކޯ އިން ވަނީ ސްޕެނިޝް ލީގު ދެ ފަހަރު، ޔޫރޮޕާ ލީގު ދެ ފަހަރު، ސްޕެނިޝް ކަޕް އެއް ފަހަރު އަދި ޔޫއެފާ ސުޕަ ކަޕް ދެ ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު ހޯދައިފަ އެވެ.