ކޮވިޑަށް ފަރުވާ ހޯދަމުން އައި ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސް ފޮނުވުމުން ލަސްވުމަކީ އެ ކުއްޖާ ނިޔާވުމުގެ ސަބަބު ކަމަށް ތުހުމަތުކޮށް، ބޮޑެތި ފާޑުކިޔުންތައް ކުރިމަތިވެފައި ވަނިކޮށް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
02 ޖޫން 2021
ކޮވިޑަށް ފަރުވާ ހޯދަމުން އައި ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސް ފޮނުވުމުން ލަސްވުމަކީ އެ ކުއްޖާ ނިޔާވުމުގެ ސަބަބު ކަމަށް ތުހުމަތުކޮށް، ބޮޑެތި ފާޑުކިޔުންތައް ކުރިމަތިވެފައި ވަނިކޮށް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
އޭނާ، މިރޭ 10 ޖަހާއިރު ނޫސްވެރިންނާ މި ބައްދަލުކުރައްވަނީ އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމުގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކުރެވޭއިރު ވެސް، އެޗްއީއޯސީގެ މިއަދުގެ މީޑީއާ ބްރީފިން ކެންސަލް ކުރުމުން ނޫސްވެރިންގެ ސުވާލުތައް ކުރިމަތިވެފައި ވަނިކޮށެވެ. މި ހާލަތުގައި އެޗްއީއޯސީގެ ނިއުސް ބްރީފިން ވާނީ ސަރުކާރު ޖަވާބުދާރީވުމާއި ކަމުގެ ހަގީގަތް އޮޅުން ފިލުވުމަށް މުހިންމު ޕްލެޓްފޯމަކަށް ވިޔަސް އެ ބްރީފިން ކެންސަލް ކުރުމުން ނޫސްވެރިން އައީ ސުވާލު އުފައްދަމުންނެވެ
މިޝްކާގެ ފަރުވާ ލަސްވި މައްސަލައިގެ އިތުރުން ރަޝިއާ ވެކްސިން ގަތުމުގެ މަސައްކަތް ސަރުކާރުން ކުރަނީ 500،000 ޑޯޒް ހަދިޔާ ކުރުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ހުށަހަޅާފައި ވަނިކޮށް ކަމަށް މިއަދު "މިހާރު" ގައި ރިޕޯޓު ކުރި މައްސަލަ ވެސް ވަނީ ވަރަށް ހޫނުވެފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ، އެ މައްސަލައިގައި ވެސް މިނިސްޓަރު ނަސީމް މިރޭ ވާހަކަ ދައްކަވާނެ ކަމަށެވެ.
އޮކްޓޫބަރު 22، 2020 ގައި ހެލްތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ނަސީމް އެންމެ ފުރަތަމަ ނިއުސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭގަ އެވެ. އެއީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރޭ ރައީސް އޮފީހުގައި ބޭއްވެވި ނިއުސް ކޮންފަރެންސެކެވެ.
އެ ރޭގެ ނިއުސް ކޮންފަރެންސަށް ނަސީމް އެރުއްވީ، ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކަންކަން ބޮއްސުންލައިގެން ދާއިރު ވެސް އޭނާ ނޫސްވެރިންނާ ބައްދަލު ނުކުރައްވާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށެވެ.
މިޝްކާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް، ރޭ އޭނާގެ ހާލު ގޯސްވާން ފެށުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އާއިލާ އިން ގުޅި ނަމަވެސް އެމްބިއުލާންސް އައީ ދެ ގަޑިިއިރަށް ވުރެ ގިނައިރު ވީ ފަހުންނެވެ.
އެ މައްސަލަ ހެލްތު މިނިސްޓްރީންް ވެސް ބަލަމުން އަންނަ ކަމަށް ބުނާއިރު މަޖިލީހަށް ވެސް މައްސަލަ ބެލުމަށް ހުށަހަޅާފައިވެ އެވެ. އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ހެލްތު މިނިސްޓަރު ނަސީމްގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ.
ކެންސަރު ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް
ރާއްޖެއަކީ ކޮންޓްރޯލް ކުރުމުގައި ނަމޫނާއެއް: މިނިސްޓަރު
ލުއި ނުދެވެނީ ވެކްސިން ފުރިހަމަ ނުވާތީ: ނަސީމް
އިމަޖެންސީ ހިދުމަތް ހޯދަން ވަކި ނަމްބަރެއް ހަމަޖައްސަނީ
"މިޝްކާގެ މަރުގެ ތަހުގީގު ނިމިއްޖެ، ރިޕޯޓު ހާމަކުރާނަން"
މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ
"ސްޕަޓްނިކް ވީ" ގަންނަން އުޅެނީ ހިލޭ ލިބެން އޮއްވާ!
އެއް ހަފުތާތެރޭގައި 3،000 މީހުންނަށް ކޮވިޑް ޖެހުނު
ވެކްސިންގެ 700،000 ޑޯޒު ލިބޭނެ އިރެއް ނޭނގޭ
ކޮވިޑް: ހަތަރު ހަފުތާގެ ފިޔަވަޅުތަކުން ބަދަލެއް ނައި