Roadha Mihaaru
އެމްޓީސީސީގެ ކަލަންޑަރުގައި މިޝްކާގެ ނުފިލާނެ ހަނދާނެއް

އެމްޓީސީސީގެ ކަލަންޑަރުގައި މިޝްކާގެ ނުފިލާނެ ހަނދާނެއް

02 ޖޫން 2021

ކޮވިޑްގައި ނިޔާވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަކީ އޭނާއަށް ކިޔަވައިދިން ޓީޗަރުން ވެސް ފާހަގަކުރި ގޮތުގައި ވަރަށް ހުނަރުވެރި ކުއްޖެކެވެ. މިއަހަރަށް އެމްޓީސީސީން ހެދި ކަލަންޑަރުން ވެސް ފެންނަން އެ ހުރީ އެ ހެއްކެވެ. ކަލަންޑަރުގައި ޖުލައި މަހަށް ހާއްސަކޮށްފައި އޮތީ މިޝްކާގެ ޚިޔާލީ ކުރެހުމެކެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިޝްކާ ނިޔާވުމުގެ ހިތާމައިގައި އެމްޓީސީސީން މިއަދު އެ އާއިލާ އަށް ތައުޒިޔާ ކިޔައި ކުރި ޓުވީޓުގައި މި ކުރެހުން ހިމަނައި ހަނދާންތައް އާކޮށްފައިވެ އެވެ.

"އަހަރެމެން މިޝްކާގެ ހަނދާން އަބަދުވެސް އާ ކުރާނީ ޖަވާހިރެއްގެ ގޮތުގައި،" އެމްޓީސީސީން ލިޔެފައިވެ އެވެ.

މި ކުރެހުމަކީ އެމްޓީސީސީން މިދިޔަ އަހަރު ހުޅުވާލި ކަލަންޑަ އާޓް ކޮމްޕެޓިޝަނަށް މިސްކާ ހުށަހެޅި ކުރެހުމެކެވެ. އެއްިން ފެންނަނީ ސިޓީއެއްގެ މަލަމައްޗެވެ. އެމްޓީސީގެ ލޯންޗެއް ދުއްވާފައި ދާތަން ފެންނައިރު، ސިޓީގެ މަލަމަތިން އެމްޓީސީސީގެ އިމާރާތެއް ވެސް ފެނެ އެވެ.

އެމްޓީސީސީގެ ޓުވީޓް.

ހދ. ކުޅުދުއްފުށީ ލާޖަހާގޭ މިކްޝާ އަކީ އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ ދަރިވަރެއް ނަމަވެސް އޭނާގެ ހުނަރުވެރިކަމާ އެކު، އިންކްލޫސިވް އެޑިއުކޭޝަންގެ ތެރެއިން ކިޔަވަމުން އައީ ގްރޭޑް ހަތަރެއްގަ އެވެ. ކޮވިޑް ބަލީގައި ރާއްޖޭން ނިޔާވި ފުރަތަމަ ކުޑަކުއްޖާ ކަމަށްވާ މިޝްކާ އަކީ ގުރުއާން ކިޔެވުމާއި މަދަހަ ކިޔުމާއި ލަވަ ކިޔުމުގެ އިތުރުން އިނގިރޭސި ބަހަށް ވެސް މޮޅު ކުއްޖެއް ކަމަށް މިޝްކާގެ ޓީޗަރުން ބުނެފައިވެ އެވެ.

މީގެ ހަތް ދުވަސް ކުރިން ކޮވިޑަށް ޕޮޒިޓިވްވި މިޝްކާ ނިޔާވީ ކުއްލިއަކަށް މާ ބޮޑަށް ހާލު ދެރަވެ، ރޭ އައިޖީއެމްއެޗަށް ގެންދިޔަ ފަހުންނެވެ. އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ކުއްޖާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ތިން ގަޑިއިރު ފަހުންނެވެ.

ކުއްޖާ ބަލައި އެމްބިއުލެންސް ދިޔައިރު ކުއްޖާ އޮތީ ހޭނެތި، ވަރަށް ހާލު ސީރިއަސް ވެފައި ކަމަށްވެ އެވެ. އެޗްޕީއޭ އިން ޓްވީޓްކޮށްފައިވާ ގޮތުގައި މިޝްކާ ނިއާވީ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިޝްކާގެ ކުއްލި ވަކިވުން ހިތްދައްޗެވެ. އެކަމަކު އެމްޓީސީސީގެ ކަލަންޑަރު ފަދަ އެތައް އެއްޗަކުން އެތައް ދިމާލަކުން މިޝްކާގެ ހަނދާންތައް ދުވަހަކު ވެސް ވަކިވެނުދާނެ އެވެ.