Roadha Mihaaru

ކޮވިޑުގައި ހާލު ސީރިއަސްވި 28 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

ގއ. ދާންދޫން ކޮވިޑު-19 އަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވި ޒުވާނާ ރޭ ފަތިހު ނިޔާވެއްޖެ އެވެ.

ހާލު ސީރިއަސްވި 28 އަހަރުގެ ޒުވާނާ ނިޔާވެއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

05 ޖޫން 2021

ގއ. ދާންދޫން ކޮވިޑު-19 އަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވި ޒުވާނާ ރޭ ފަތިހު ނިޔާވެއްޖެ އެވެ.

އެ ރަށުން ފަރުވާ ދިނުމަށް ފަހު، އުމުރުން 28 އަހަރުގެ އެ އަންހެން މީހާގެ ހާލަތު ގޯސްވުމުން ބަދަލުކުރީ ވިލިނގިލީ ހޮސްޕިޓަލަށެވެ. ފަހުން އެ ތަނުގައި ވެސް ހާލަތަށް ބަދަލެއް ނައިސް ދަށްވަމުން ދާތީ އިތުރު ފަރުވާ ދިނުމަށް މިދިޔަ މަހު މާލެ ގެނައީ އެވެ.

ޒުވާނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްލޯގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ.

މިއީ، އެ ބަލީގައި މިހާތަނަށް ނިޔާވި ދެ ވަނައަށް އެންމެ ހަގު މީހާ އެވެ. ކޮވިޑުގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާއަކީ މިޝްކާ މުހައްމަދު، 10، އެވެ.

ކޮވިޑުގައި ދާންދޫން މީގެ ކުރިން އެއް އާއިލާއަކުން ތިން މީހަކު ނިޔާވެފައި ވެ އެވެ.