Roadha Mihaaru
އެކްސީޑުން ޑެލްޓާ ކޮފީގެ ޕްރޮމޯޝަނެއް ފަށައިފި

އެކްސީޑުން ޑެލްޓާ ކޮފީގެ ޕްރޮމޯޝަނެއް ފަށައިފި

07 ޖޫން 2021

ޕޯޗުގަލްގެ އެންމެ މޮޅު ކޮފީ ބްރޭންޑް، ޑެލްޓާ ކޮފީގެ ޕްރޮމޯޝަނެއް އެކްސީޑުން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޕޯޗުގަލްގެ އެންމެ މޮޅު ކޮފީ ބްރޭންޑް، ޑެލްޓާ ކޮފީގެ ޕްރޮމޯޝަނެއް އެކްސީޑުން ފަށައިފި އެވެ.

ޑެލްޓާ ކޮފީގެ ތިން ބާވަތެއްގެ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް އަގުހެޔޮކޮށް ކޮފީ ލިބޭނެ ކަމަށް އެކްސީޑުން ބުންޏެވެ. މި ޕްރޮމޯޝަނުގެ ދަށުން އަގު ކުޑަކޮށްފައި ވަނީ ޑެލްޓާގެ ފިލްޓާ ކޮފީއާއި ޑްރިޕް ކޮފީ އާއި ކަޕަޗީނޯގެ އެވެ.

ޑެލްޓާގެ ފިލްޓާ ކޮފީގެ ފަސް ގައުމެއްގެ ކޮފީ އެކްސީޑުން ވިއްކަ އެވެ. އެއީ ބްރެޒިލް އާއި ކޮލަމްބިއާ އާއި ޓިމޯ އާއި ވިއެޓްނާމް އަދި އިންޑިއާ އެވެ.

އެކްސީޑުން ޑެލްޓާގެ ފިލްޓާ ކޮފީ ފޮއްޓެއް ވިއްކަނީ 60ރ. އަށެވެ. ދެ ފޮށީގެ އަގަކީ 100ރ. އެވެ.

އެ ބްރޭންޑުގެ ޑްރިޕް ކޮފީ ނުވަތަ ކަޅު ކޮފީއަކީ ވެސް ދިވެހިންގެ މެދުގައި މިހާރު މަގުބޫލު ކޮފީއެކެވެ. މި ކޮފީގެ އެއް ފޮށީގައި ފަސް ޕެކެޓް ހިމެނޭއިރު ޕްރޮމޯޝަންގެ ދަށުން ވަކިން ފޮއްޓެއް ލިބެން ހުންނާނީ 55ރ. އަށެެވެ. އަދި ދެ ފޮށި 100ރ. އަށް ލިބޭނެ ކަމަށް އެކްސީޑުން ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން ޑެލްޓާ ކަޕަޗީނޯ ފޮއްޓެއް 65ރ. އަށް ލިބޭނެ އެވެ ދެ ފޮށި ނަމަ ވިއްކާނީ 120ރ. އަށެވެ. މި ކޮފީއަކީ ކިރައި ހަކުރު އަދި ކޮފީ އެކުލެވޭ އިންސްޓެންޓް ކޮފީއެކެވެ.

އެކްސީޑުން ބުނިގޮތުގައި، މި ޕްރޮމޯޝަނަށް މިހާރު ވެސް ބޮޑު ތަރުހީބެއް ލިބެ އެވެ. އެހެންކަމުން ކަސްޓަމަރުންގެ އެދުމުގެ މަތިން ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދސަން ނިންމާފައިވާ ކަމަށް އެ ފިހާރަ ބުސިނެއިން ބުންޏެވެ.

އެކްސީޑުން ޑެލްޓާ ކޮފީގެ ގިނަ ބާވަތްތަކުގެ އިތުރުން ޑެލްޓާ ބްރޭންޑުގެ ކޮފީ މެޝިންތައް ވެސް ލިބެން ހުރެ އެވެ.