އޮސްޓްރޭލިއާ އިން ދިވެހިންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކޮށްދިނުމާ ގުޅޭގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ މަޝްވަރާކޮށްފި އެވެ.
11 ޖޫން 2021
އޮސްޓްރޭލިއާ އިން ދިވެހިންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކޮށްދިނުމާ ގުޅޭގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ މަޝްވަރާކޮށްފި އެވެ.
ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ އޮސްޓްރޭލިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު ޑޭވިޑް ހޯލީއާ އެކު ތަފާތު އެކި ދާއިރާތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް ވާހަކަ ދައްކަވައިފަ އެވެ.
އެ ކަންކަމުގެ ތެރޭގައި އޮސްޓްރޭލިއާ ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕް އިތުރުކުރުމާއި ޑިގްރީއަށް ކިޔެވުމަށް ފުރުސަތު އިތުރުކުރުން ހިމެނެ އެވެ. އޭގެ އިތުރުން އޮސްޓްރޭލިއާ އެވޯޑްސް އަދި އޮސްޓްރޭލިއާ ޔުނިވާސިޓީތަކާ އެކު ޕާޓްނަޝިޕް ޕްރޮގްރާމެއްގެ ދަށުން އެ ޔުނިވާސިޓީތަކުން ޓިއުޝަން ފީ ހިލޭވުމުން ދިވެހި ސަރުކާރުން އެ ދަރިވަރުންގެ އެލަވަންސަށް ހަރަދުކުރާ ގޮތަށް ޕްރޮގްރާމެއް ފެށުން ހިމެނެ އެވެ.
ހަޔަ އެޑިއުކޭޝަނުން ބުނީ ކޮވިޑު-19 އާ ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ތަމްރީނުގެ އިތުރު ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން ވެސް އެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
އޮސްޓްރޭލިއާ ހައި ކޮމިޝަނަރާއެކު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ
ޕަބްލިކް-ޕްރައިވެޓް ޕާޓަނަޝިޕް އުސޫލުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޖޫނިއާ ކޮލެޖާއި ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ކެމްޕަސްތައް ގާއިމްކޮށް ހިންގުމުގެ ފުރުސަތުތައް އޮތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ އޮސްޓްރޭލިއާގެ ޔުނިވާސޓީތަކުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންވެސްޓްކުރަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
އޮސްޓްރޭލިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު ޑޭވިޑް ހޯލީ ވިދާޅުވީ ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީނު ހޯދައިދިނުމަށް އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް ދެވެން އޮތް އެހީތެރިކަމެއް ދޭނެ ކަމަށެވެ. އަދި މަޝްވަރާ ކުރެވުނު ކަންތައްތަކާ ގުޅޭގޮތުން އޮސްޓްރޭލިއާ ސަރުކާރާއި ޔުނިވާސިޓީތަކާ އެކު މަޝްވަރާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ-އޮސްޓްރޭލިއާގެ ގުޅުން ބަދަހިކުރަން ޖަމިއްޔާއެއް
ލޯނު ލަސްވަނީ އެއްފަހަރާ ގިނަ ފޯމުތަކެއް ހުށަހެޅުމުން
ޕައިލެޓްކަން ކިޔަވަން 500 އެއްހާ ދަރިވަރުންނަށް ލޯނު
ކިޔެވުން މެދުކަނޑާލި 120 ދަރިވަރަކަށް ފުރުސަތު ދެނީ
ގުޅުން އޮންނަ ސަރުކާރުތަކުގެ ޔުނިވަސިޓީތަކަށް ހުއްދަދެނީ
ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިތުރުކޮށްފި
ލޯނުން ބާކީވި ފައިސާއިން ކިޔަވަން އިތުރު ފުރުސަތު ދެނީ
މަތީ ތައުލީމް ލޯނު: ގިނަ ދަރިވަރުން ޑިސްކޮލިފައިވެއްޖެ
ޕައިލެޓްކަން ކިޔަވަން 10 ފުރުސަތު، 250 ހުށަހެޅުން
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފި