އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވުމުގައި "ޓީމް ޚާރިޖީގެ" ބުރަ މަސައްކަތް ފާހަގަކުރައްވައި މިނިސްޓްރީގެ މުވައްޒަފުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފި އެވެ.
12 ޖޫން 2021
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވުމުގައި "ޓީމް ޚާރިޖީގެ" ބުރަ މަސައްކަތް ފާހަގަކުރައްވައި މިނިސްޓްރީގެ މުވައްޒަފުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފި އެވެ.
ދިވެހި 17 މިޝަންގައި މަސައްކަތްކުރައްވާ ފޮރިން ސާވިސް އޮފިސަރުންގެ ޓީމާ އެކު އޮންލައިންކޮށް ބޭއްވި ބައްދަލުކުރެއްވުމަކަށް ފަހު ކުރެއްވި ޓުވީޓެއްގައި ޝާހިދު ވިދާޅުވީ ޖަޕާނުގެ ޓޯކިޔޯއިން ފެށިގެން މެންހަޓަންއާ ދެމެދު ހުރި ދިވެހި 17 މިޝަންގައި ހިމެނޭ މި ޓީމުގެ މަސައްކަތާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ޝާހިދު އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމުގައި މި ޓީމުގެ ބުރަ މަސައްކަތް ހިމެނޭ ކަމަށާއި ނެރެދިން ނަތީޖާއާ މެދު މުޅި ގައުމު ފަހުރުވެރިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް މަސައްކަތްކުރެއްވީ ކޮވިޑްގެ ދަތި ދުވަސްވަރުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކެމްޕޭން ކުރިއަށް ދިޔައީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ވެސް ކުރި މަސައްކަތާ އެކުގައި ކަމަށެވެ.
ދިވެހިރާއްޖެއަށް މިލިބިނު ކާމިޔާބީއަކީ،ޖަޕާނުގެ ޓޯކްޔޯއިން ފެށިގެން އެމެރިކާގެ މެންހަޓަންއާ ދެމެދު ހުރި ދިވެހި 17މިޝަނުގައި މަސައްކަތްކުރައްވާ “ޓީމް ޚާރިޖީގެ” ބުރަ،އިޚްލާސްތެރި މަސައްކަތުގެ ނަތީޖާ. މި ޓީމުގެ މަސައްކަތާމެދު އަޅުގަނޑު ފަޚުރުވެރިވަން. މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ pic.twitter.com/diMgLqw9Is
— Abdulla Shahid (@abdulla_shahid) June 10, 2021
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު "ޓީމް ޚާރިޖީ" އާ ބައްދަލުކުރައްވަނީ
ބޭރު ގައުމުތަކާ އެކު ގުޅުންތައް ބަދަހިކޮށް، ރާއްޖެއަށް ބޭނުންވާ އެހީ އާއި ވިޔަފާރީގެ ފުރުސަތުތަކާއި އިންވެސްޓުމަންޓުތައް އަދި ޓޫރިސްޓުން އިތުރު ކުރުމަށް ހުއްޓުމެއް ނެތި މަސައްކަތްކުރަމުން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސަކު ހޮވުމަށް ހޯމަ ދުވަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި އިންތިހާބުގައި މިނިސްޓަރު ޝާހިދު އެ މަގާމު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި އދ. ގެ މެމްބަރު 191 ގައުމުގެ ތެރެއިން 143 ގައުމެއްގެ ވޯޓާއެކު އެވެ. މިއީ މި މަގާމަށް ދިވެއްސަކު އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ.
އިތުބާރު ލިބިއްޖެ، ދާންވީ ބާރަށް ކުރިއަށް: ޝާހިދު
އދ.ގެ އެސްޖީއަށް އަންހެނަކު ހޮވަން ޝާހިދު ގޮވާލަައިފި
ޝާހިދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ކޮވިޑްގެ ސަބަބުން ހަމަހަމަކަން ގެއްލިއްޖެ: ޝާހިދު
މިއީ ދިވެހިން ކުޑަ ނޫން ކަމަށް ދުނިޔެ ހެކިވާ ވަގުތު
ތާރީހީ ކާމިޔާބުގެ ވަގުތުކޮޅު: ޝާހިދު މިރޭ ރިޔާސަތުގައި
އދ. ގެ ރައީސްއާ ޝާހިދު ބައްދަލުކުރައްވައިފި
ޝާހިދާއި ޖަޕާނުގެ ބޮޑުވަޒީރު ބައްދަލުކުރައްވައިފި
ޝާހިދު އިންޑިއާއަށް ފުރާވަޑައިގެންފި
ސާވިސް އޮފިސަރުކަމުން އާންމު މަޖިލީހުގެ ރައީސްކަމަށް