އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
21 ޖުލައި 2021
އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދު މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފައިވާ ކަމަށާއި އެ ދަތުރަކީ އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެއީ އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ދަތުރުގައި ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވާނެ އެވެ. އޭގެ އިތުރުން އެ ގައުމުގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރުޝް ވަރުދަން ޝްރިންގްލާއާ ވެސް ބައްދަލުކުރައްވާނެ އެވެ.
އަންނަ ހުކުރު ދުވަހު އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގެ ސަޕްރޫ ހައުސްގައި ޝާހިދު ހާއްސަ ލެކްޗާއެއް ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ޝާހިދުއާ އެކު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވެސް ވަޑައިގަންނަވަ އެވެ.
އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސަކު ހޮވުމަށް މިދިޔަ މަހުގެ 7 ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި އިންތިހާބުގައި ޝާހިދު އެ މަގާމު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި އދ. ގެ މެމްބަރު 191 ގައުމުގެ ތެރެއިން 143 ގައުމެއްގެ ވޯޓާ އެކު އެވެ. މިއީ މި މަގާމަށް ދިވެއްސަކު އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ.
ޝާހިދު ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާއަށް
އިންޑިއާގެ އެހީގައި ހިންގާ އިތުރު މަޝްރޫއުތަކެއް
ޝާހިދު، ކޮންފަރެންސަކަށް އިންޑިއާއަށް ވަޑައިގެންފި
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
އިތުބާރު ލިބިއްޖެ، ދާންވީ ބާރަށް ކުރިއަށް: ޝާހިދު
ޝާހިދާއި ޖައިޝަންކަރް ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު ޝާހިދު ވެސް އިންޑިއާ އަށް
7 ރަށެއްގައި އިންޑިއާގެ އެހީގައި މަޝްރޫއުތަކެއް ފަށަނީ
އިންޑިއާގެ ފޮރިން މިނިސްޓަރު އައްޑު އަށް
އދ.ގެ އެސްޖީއަށް އަންހެނަކު ހޮވަން ޝާހިދު ގޮވާލަައިފި