Roadha Mihaaru
ނަރުދޫގައި ދެފާރު ދޭތެރޭ ތާށިވިކުއްޖަކު ސަލާމަތްކޮށްފި

ނަރުދޫގައި ދެ ފާރު ދޭތެރޭ ކުއްޖަކު ތާށިވުމުން ފާރު ތަޅާލައިގެން ސަލާމަތްކޮށްފި

12 ޖޫން 2021

ށ. ނަރުދޫގައި ދެ ފާރު ދޭތެރޭ ކުއްޖަކު ތާށިވުމުން ފާރު ތަޅާލައިގެން ކުއްޖާ ސަލާމަތްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ށ. ނަރުދޫގައި ދެ ފާރު ދޭތެރޭ ކުއްޖަކު ތާށިވުމުން ފާރު ތަޅާލައިގެން ކުއްޖާ ސަލާމަތްކޮށްފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު މުސްތަރުސިދު ވިދާޅުވީ ހަތަރު އަހަރުގެ ފިރިހެން ކުއްޖާ ތާށިވީ ގޭގެ އިންފާރާއި ގޭގެ ފާރާ ދޭތެރޭގައި ކަމަށެވެ. އެ ދެ ފާރު ރާނާފައި ހުރި ގޮތުން، ބޭރަށް ހުންނަ ހިސާބުން ހުންނަނީ ފުޅާކޮށް، އެތެރެއަށް ވަދެވޭ ގޮތަށް ކަމަށާއި އެތެރެއަށް ދިޔަ ވަރަކަށް ވަނީ ހަނި ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްޖާ އެ ދޭތެރޭގައި ތާށިވީ ދެ ފާރު ދޭތެރެއަށް ވަދެ މާބޮޑަށް އެތެރެއަށް ވަނުމުންނެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މީގެ ގާތްގަނޑަކަށް ދޮޅު ގަޑިއިރުކުރިން ހިނގި ހާދިސާގައި ކުއްޖާ ސަލާމަތްކުރީ ރަށުގެ ގިނަ ބައެއްގެ މަސައްކަތުންނެވެ. ކުއްޖާ ސަލާމަތްކުރީ އެ ކުއްޖާ އަށް ނުކުމެވޭ ވަރަށް ފާރުން ބާގަނޑެއް ހަދައިގެންނެވެ.

"ކުއްޖާގެ މަންމަ ކާން ވެގެން ހުއްޓައި މި ކަން ހިނގީ. އިދާރަކުރެއްވިއްޔާ ކުއްޖާއަކަށް ނުލިބޭ އެއްވެސް އަނިޔާއެއް. ގައިގައި ހިރަފުސް ޖެހިފައި ހުރީ. އިތުރު ކަމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ކުއްޖާ ތާށިވެފައި ހުރި އިރު ނަގާފައިވާ ފޮޓޯއެއް ފެންނަ ގޮތުގައި ކުއްޖާ ހުރީ ދެ ފާރު ދޭތެރޭ ކޮޅަށެވެ.