Roadha Mihaaru
ނަފްރަތުގެ ބިލު ގާނޫނުއަސާސީއާ ވެސް ހިލާފު: އިދިކޮޅު

ނަފުރަތު ހުއްޓުވާ ބިލާ މެދު އިދިކޮޅު މެމްްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް

15 ޖޫން 2021

ދީނީ އަގީދާއާ ގުޅުވައި މީހުންނާ މެދު ނަފުރަތު އުފެއްދުން ހުއްޓުވަން ގާނޫނުލްއުގޫބާތަށްް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ މެދު ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދީނީ އަގީދާއާ ގުޅުވައި މީހުންނާ މެދު ނަފުރަތު އުފެއްދުން ހުއްޓުވަން ގާނޫނުލްއުގޫބާތަށްް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ މެދު ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފި އެވެ.

މުސްލިމަކާ ދިމާއަށް ކާފަރެކޭ ނުވަތަ ލާދީނީ މީހެކޭ ގޮވުމަކީ ޖިނާއީ ކުށަކަަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ބިލު އޮތް ގޮތުން، އިސްލާމްދީނުގެ ދިފާއުގައި ވާހަކަ ދައްކާ ކޮންމެ މީހަކު ޖަލަށް ދާން ޖެހިދާނެ ކަމަށް ދެކެވަަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނަފުރަތު އުފެއްދުން ހުއްޓުވުމަކީ މިހާރު ހުރި ގާނޫނުތަކުން ވެސް ކުރެވެން އޮތް ކަމެއް ކަމަށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެ ބިލުން ހަނިވާ ކަމަށް ތުހުމަތު ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވިގޮތުގައި، އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ. އޭނާ ވިދާޅުވީ، ނަފުރަތު އުފައްދަައިގެން މީހުންނަށް ގެއްލުން ދިނުން ފަދަ ކުށްތައް މީހުން ކުރަނީ ހަމަ އެކަނި ދީނީ ގޮތުން ދައްކާ ވާހަކަތަކެއްގެ ބަދަލުގައި އެހެން އެތައް ނޫފޫޒެއް ވައްދައިގެންނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ބާވަތުގެ އިޖުތިމާއީ މައްސަލަތައް، އެ މައްސަލަތަކުގެ ސަބަބުން ލޭ ހުއްދަވާ [ކަމަށް މީހުން ބުނާ] ހިސާބަށްް ދަނީ އަޅުގަނޑުމެން އެކަންތައްތަކުގެ ތެރެއަށް އެތައް ކަންތައްތަކެއް ގަޑުބަޑުކޮށް، ދީނީ މައްސަލަތަކާއި ސިޔާސީ ކަންތައްތަކާއި އެތައް ނުފޫޒެއް އޭގެ ތެރެއަށް ވައްދައިގެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ މަޖިލީހުގައި މިއަދު ދައްކަވަމުން ގެންދެވި ވާހަކަތަކާ މެދު އެމްޑީޕީގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރައްވައި، ނިޒާމީ ނުކުތާތައް އެތައް ފަހަރަކު ނެންގެވި އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ބިލާ ބެހޭ ގޮތުން ވާހަކަ ދައްކަވަނީ ބިލު ވަރަށް ރަނގަޅަށް ދިރާސާ ކުރައްވައިގެން ކަމަށެވެ.

އިދިކޮޅުން ބޭއްވި މީޑިއާ ބްރީފިންގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިދިކޮޅުން ބޭއްވި މީޑިއާ ބްރީފިންގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ﷲގެ ޒާތުފުޅަށް ކުޑައިމީސް ބަސް ބުނެ އިސްލާމްދީނަށް ނިކަމެތިވާނެ ކަންތައްތަކުގެ ވާހަކަ ދެއްކީމާ އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނާ މީހާ ވެސް ޖަލަށް ލާނެ [މި ބިލުގައި އޮތް ގޮތުން]" އޭނާ ވިދާޅުވި އެވެ.

މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ބިލު ފަރުމާކޮށްފައި އޮތީ ސިޔާސީ ގޮތުން މީހަކު ދައްކާ ވާހަކައަކަށް ދީނީ އިލްމުވެރިއެއްގެ ނަޒަރިއްޔާ އިން ވެސް އެއްޗެއް ނުބުނެވޭ ގޮތަށް ކަަމަށާއި އާއްމު ތަނެއްގައި އިސްލާމްދީނާ ހިލާފު ކޮންމެ ފަދަ އަމަލެއް ހިންގިޔަސް އެއްޗެއް ނުބުނެވޭ ވަރަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން، އެ ބިލުން ހަނިކުރާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސޯޝަލް މީޑިއާ މިހާ އިންޓެންސްކޮށްް އޮތް އިރު ދިވެހިރާއްޖޭގައި މުސްލިމު އިލްމުވެރިންނަށް ވަރަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ދޭން ޖެހޭ،" ސައީދު ވިދާޅުވި އެވެ.

ނިޒާމީ މައްސަލައެއް ކަމަށް ވިދާޅުވެ، ފުރުސަތެއް ހޯއްދަވައިގެން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް އެއީ ގާނޫނު އަސަސާސީއާ ހިލާފު ބިލެކެވެ. ވާޗުއަލްކޮށް ކުރިއަށް ގެންދާ ޖަލްސާއެއްގައި އެ ބިލަށް ބަހުސް ކުރުމުގެ ބަދަލުގައި އެ ބިލަށް ބަހުސް ކުރަން ޖެހޭނީ މަޖިލީހުގެ ތަޅުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކިިން ހާއްސަކޮށް ގާނޫނުއަަސާސީއާ ހިލާފު ބިލެއް މިއީ. ގާނޫނުއަސާސީގެ 10 ވަނަ މާއްދާއާ ހިލާފު ބިލެއް މި އޮތީ މަޖިލީހަށް ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހުށަހެޅި އިސްލާހާ މެދު ރާާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް ކުރިން ވަނީ ކަންބޮޑުވުން ފާާޅުކުރައްވައިފަ އެވެ. އެ ގޮތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ރައްދު ދެއްވައި ހިސާން މިއަދު ވިދާޅުވީ މީހެއްގެ އަގީދާ ބަލިކަށިވުމުން އެ މީހަކަށް ނަސޭހަތްތެރިވުން ފަދަ ކަންތައްތައް ބިލުން މަނާ ނުކުރާ ކަަމަށެވެ. ބިލު ހުށަހެޅީ ދީނީ ވިސްނުމަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.