Roadha Mihaaru
"ކްރައިމް ޕެޓްރޯލް" ކުޅޭ ބަޔަކު ވައްކަން ކޮށްފި

"ކްރައިމް ޕެޓްރޯލް" އާއި "ސާވްދާން އިންޑިއާ" ކުޅުނު ބަޔަކު ވައްކަންކޮށްގެން ހައްޔަރުކޮށްފި

19 ޖޫން 2021

އިންޑިއާގެ ކުށުގެ ވެއްޓަށް ހޭލުންތެރިކަން އުފައްދަން ގެނެސްދޭ ޓީވީ ޝޯތަކެއް ކަމަށްވާ "ކްރައިމް ޕެޓްރޯލް" އާއި "ސާވްދާން" އިންޑިއާ" ގާއި މަސަކަތްކުރި ބަތަލާއިންތަކެއް ވައްކަންކޮށްގެން ހުކުރު ދުވަހު ހައްޔަރުކޮށްފި އެވެ،

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކުށުގެ ވެއްޓަށް ހޭލުންތެރިކަން އުފައްދަން ގެނެސްދޭ ޓީވީ ޝޯތަކެއް ކަމަށްވާ "ކްރައިމް ޕެޓްރޯލް" އާއި "ސާވްދާން" އިންޑިއާ" ގާއި މަސަކަތްކުރި ބަތަލާއިންތަކެއް ވައްކަންކޮށްގެން ހުކުރު ދުވަހު ހައްޔަރުކޮށްފި އެވެ،

މީޑިއާތަކުން ބުނީ ހައްޔަރުކުރި ދެ މީހުންނަކި ސުރާބީ ސުރެންދުރަ ލާލު ސްރިވަސްތާވް، 25، އާއި މޮސީނާ މުޚްތާރު ޝައިހް، 19، ކަމަށެވެ. މި ދެ މީހުންގެ ވައްކަމުގެ މައްސަލަ ފަޅާއެރީ މުމްބާއީގެ އަގު ބޮޑު ސަރަހައްދެއް ކަމަށްވާ ރޯޔަލް ޕާމް އޭރިއާގެ އާރޭ ކޮލޮނީގައި ރައްޓެއްސަކު ހިންގާ ފެސިލިޓީއަކަށް އަށް ޕޭ ގެސްޓުންގެ ގޮތުގައި ގޮސް، އެތަނުގައި ހުރި އެހެން އަންހެނެއްގެ އަތުން 3.28 ލައްކަ ރުޕީސް ނެގި މައްސަލައެއް ފެންމެތިވެ، އެކަން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

މި މައްސަލާގައި ދެ ބަތަލާއިން ހައްޔަރުކޮށް ފާސްކުރި އިރު އެ މީހުންގެ އަތުން ވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާގެ ތެރެއިން 50،000 ރުޕީސް ފެނިފަ އެވެ. ސުރާބީ އާއި މޮސީނާ ފުލުހުންނަށް ދިން ބަޔާންތަކުގައި ވައްކަން ކުރި ކަމަށް އިއުތިރާފު ވެފައިވާ އިރު، ވަގަށް ފައިސާ ނަގައިގެން ދަނިކޮށް އެ މީހުންގެ ހަރަކާތްތައް ސީސީޓީވީ ކެމެރާ އަށް ވެސް އަރާފައިވެ އެވެ.

މި މައްސަލާގައި ދެ މީހުން ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، އެ މީހުން ބަންދު ބައިތިއްބަން ކޯޓުން މި މަހުގެ 23 އާ ހަމައަށް މުއްދަތު ޖަހައި ދީފައިވެ އެވެ.

"ކްރައިމް ޕެޓްރޯލް" އާއި "ސާވްދާން އިންޑިއާ" ފަދަ ޝޯތަކެއްގައި މަސައްކަތްކުރާ ބަޔަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރުމުން، ވަރަށް ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓިފައިވެ އެވެ.

ވައްކަންކުރި ދެ ބަތަލާއިން ހައްޔަރުކޮށްގެން ގެންދަނީ.

ވައްކަންކުރި ދެ ބަތަލާއިން ހައްޔަރުކޮށްގެން ގެންދަނީ.

ސޮނީ ޓީވީގެ "ކްރައިމް ޕެޓްރޯލް" އާއި ސްޓާ ބާރަތުގެ "ސާވްދާން އިންޑިއާ" ގައި މަސައްކަތްކުރާ ފަންނާނުންނަކީ މަޝްހޫރު ނޫން ބަޔަކަށް ވިޔަސް. އެ ޝޯތައް ހޯސްޓްކޮށް ދިނުމުގައި މަޝްހޫރު ޓީވީ ތަރިން ބައިވެރިވެ އެވެ، ހާއްސަ އެޕިސޯޑްތައް ބޮލީވުޑްގެ މަޝްހޫރު ތަރިން ވެސް ދޭތެރެ ދޭތެރެ އިން ހޯސްޓްކޮށްދެ އެވެ.