Roadha Mihaaru
ލަނޑު ނުޖެހުނަސް ކޭން ބޭނުންވަނީ ސަޕޯޓަރުންގެ އިތުބާރު

ލަނޑު ނުޖެހުނަސް ކޭން ބޭނުންވަނީ ސަޕޯޓަރުންގެ އިތުބާރު

20 ޖޫން 2021

ލަންޑަން (ޖޫން 20) - ސަޕޯޓަރުން އޭނާ އަށް އިތުބާރު ކުރުމަށް، ލަނޑު ނުޖެހޭ މައްސަލައިގައި ފާޑު ކިޔުން އަމާޒުވެފައިވާ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ޖޫން 20) - ސަޕޯޓަރުން އޭނާ އަށް އިތުބާރު ކުރުމަށް، ލަނޑު ނުޖެހޭ މައްސަލައިގައި ފާޑު ކިޔުން އަމާޒުވެފައިވާ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

އިންގްލެންޑް ޔޫރޯގައި ކުޅުނު ދެ މެޗުގައި ވެސް އެ ޓީމުގެ އެންމެ އިސް ފޯވަޑަށް ލަނޑެއް ނުޖެހެ އެވެ. ސްކޮޓްލެންޑާ ދެކޮޅަށް ހުކުރު ދުވަހު ކުޅުނު މެޗުން އިންގްލެންޑް އެއްވަރުވުމުން ވެމްބްލީގައި އިންގްލެންޑްގެ ސަޕޯޓަރުން ވަނީ އަމިއްލަ ޓީމަށް ފުރައްސާރަ ކޮށްފަ އެވެ.

ކޭން ބުނީ، އިންގްލެންޑްގެ ޓީމުގެ ކޮމްބިނޭޝަން ޕްލޭ އިތުރަށް ވަރުގަދަ ވުމަށް ވަގުތު ކޮޅެއް ނަގާނެ ކަަމަށެވެ. އެއީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑް ބައިވެރިވުމުން އެ ދެ ޓީމުގެ ކުޅުންތެރިން ގައުމީ ޓީމާ ގުޅެން ލަސްވުމުންނެވެ.

"ސަޕޯޓަރުން ކެތްތެރިވެ ހަމަޖެހޭށޭ. ހުރިހާ ދުވަހަކު އަހަރެމެންނަށް އެންމެ މޮޅަށް ނުކުޅެވިދާނެ،" ސަޕޯޓަރުންނަށް ދޭނެ މެސެޖަކީ ކޮބައިތޯ ސުވާލު ކުރުމުން ކޭން ބުންޏެވެ.

"ކުޅުންތެރިންގެ މެދުގައި އެއްވެސް ހާސްކަމެއް ނެތް. އަހަރެމެން ޖެހޭނީ އިތުރަށް މަސައްކަތްކޮށް ކުދިކުދި ކަންކަން ރަނގަޅު ކޮށްލަން. އަހަރެމެންގެ ނަޒަރުން ވިސްނާއިރު މިއީ އަހަރެމެން ހަމަޖެހެންޖެހޭ ވަގުތު ކްރޮއޭޝިއާ އަތުން މޮޅުވެ އަދި ސްކޮޓްލެންޑް އަތުން އެއްވަރުވެ ހަތަރު ޕޮއިންޓް ލިބުމަކީ އަހަންނަކަށް ހީއެއްނުވޭ އަދި މާޔޫސްވާން ޖެހޭ ކަމެއް ހެނެއް."

އިންގެލެންޑަށް ދެން އޮތީ ޗެކް ރިޕަބްލިކްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އެއްވަރު ކޮށްލައިގެންވެސް ދެ ޓީމަށް ވެސް ދެ ވަނަ ބުރަށް ދެ ވޭނެ އެވެ.