ރާއްޖޭގައި ބޭނުންކުރާ އެމްބިއުލާންސްތައް ދުއްވައި ބެލެހެއްޓުމަކީ ހެލްތު މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ހާއްސަ ވަކި މުއައްސަސާ އުފައްދަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
21 ޖޫން 2021
ރާއްޖޭގައި ބޭނުންކުރާ އެމްބިއުލާންސްތައް ދުއްވައި ބެލެހެއްޓުމަކީ ހެލްތު މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ހާއްސަ ވަކި މުއައްސަސާ އުފައްދަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި، މެމްބަރެއްގެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެމްބިއުލާންސް ރަނގަޅަށް މެއިންޓެއިން ކުރެވޭނެ އިންތިޒާމެއް ނެތް ކަމަށެވެ. އެ ވެހިކަލްތައް ސާވިސްކުރާ އިރެއް އަދި ތެޔޮ ބަދަލުކުރާއިރެއް ނޭނގޭ ކަމަށާއި އެ މައުލޫމާތުތައް އެނގޭނެ ފައިލެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
އެކަމަކު ނަސީމް ވިދާޅުވީ މާލޭގައި ބޭނުންކުރާ ހުރިހާ އެމްބިއުލާންސެއްގެ މައުލޫމާތު އެނގޭނެ ގޮތަށް ފައިލް ހަދާފައިވާ ކަމަށެވެ.
ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"މިގޮތަށް އިންތިޒާމްކޮށްގެން ނޫނިއްޔާ މިކަމެއް ނުވާނެ. އަސްލު ހަގީގަތުގައި އެމްބިއުލާންސް ހިދުމަތާ ބެހޭ ވަކި މުއައްސަސާއެއް އުފެދެން ޖެހޭ. ހެލްތު މިނިސްޓްރީއަކުންނެއް އެކަމެއް ނުކުރެވޭނެ. އެ މުއައްސަސާ އުފެއްދުމަށް ވެސް އަޅުގަނޑު މިހާރު މި ދަނީ މަސައްކަތްކުރަމުން،" ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްބިއުލާންސަށް ހާއްސަ މުއައްސަސާއެއް އުފެއްދުމަށް ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާ އެކު މިއަދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
ނަސީމް ވިދާޅުވި ގޮތުގައި އެމްބިއުލާންސް ދުއްވައި ބެލެހެއްޓުމަކީ އެ މިނިސްޓްރީން ކުރަންޖެހޭ ކަމެއް ވެސް ނޫނެވެ. އެކަމަށް އުފައްދަންޖެހޭނީ މިނިވަން އިދާރާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިގޮތަށް އިންތިޒާމްކޮށްގެން ނޫނިއްޔާ މިކަމެއް ނުވާނެ. އަސްލު ހަގީގަތުގައި އެމްބިއުލާންސް ހިދުމަތާ ބެހޭ ވަކި މުއައްސަސާއެއް އުފެދެން ޖެހޭ: ނަސީމް
ރަށްރަށުގައި ބޭނުންކުރާ އެމްބިއުލާންސްތައް ސާވިސްކުރަން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ވަގުތު ވެސް ސާވިސްކުރުމަށް މާލެއަށް 13 އެމްބިއުލާންސް ގެނެސްފައިވާ ކަމަށެވެ. އެއީ، އޭގެ ކުރިން އެކަން ކުރާ ގޮތެއް ނޫންކަމަށް ނަސީމް ވިދާޅުވި އެވެ.
"އެ އެއްޗެހި ހަދާފައި މި ފޮނުވަނީ. އެއީ ވެސް ހައްލެއް ނޫން، މެއިންޓެއިންކޮށް ބެލެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އެމްބިއުލާންސް ހިދުމަތުގެ ވާހަކަ އަލުން ދެކެވެން ފަށާފައި މި ވަނީ ކޮވިޑް ޕޮޒިޓިވް ވެގެން ގޭގައި ކަރަންޓީނުކޮށްފައި ހުރި 10 އަހަރުގެ ކުއްޖެއްގެ ހާލު ބޮޑުވެ ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިއުން ލަސްވެ މަރުވި މައްސަލައާ އެކުގަ އެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާން ހޯދަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ކޯލް ސެންޓަރަށް ގުޅައިގެން ދެ ގަޑިއިރު ވެގެން ދިޔައިރު ވެސް އެމްބިއުލާންސް ނުފޮނުވަ އެވެ.
ކޮވިޑް އިމަޖެންސީގައި ކޮންމެތާކުން ވެސް އެމްބިއުލާންސް
އިމަޖެންސީ ހިދުމަތް ހޯދަން ވަކި ނަމްބަރެއް ހަމަޖައްސަނީ
އެމްބިއުލާންސް ފޮނުވި ކަމަށް ބުނެ ދިނީ ދޮގު މައުލޫމާތު
މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ
ޖަޕާނުން ހަދިޔާކުރި އެމްބިއުލާސްތައް ހަވާލުކޮށްފި
ކެންސަރު ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް
ރާއްޖެއަކީ ކޮންޓްރޯލް ކުރުމުގައި ނަމޫނާއެއް: މިނިސްޓަރު
ދުންފަތް ބޭނުންކުރުމުގެ ސަގާފަތް ބަދަލުވެ މާ ނުރައްކާ!
ރަށްރަށުގައި ބަލި ފެތުރެން ފެށީ ފިޔަވަޅުތައް ދޫކޮށްލީމަ
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު މަހަކަށް