ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަށް އެމްބިއުލާންސް، ހަ ހޮސްޕިޓަލަކަށް މިއަދު ދީފި އެވެ.
13 ޖުލައި 2023
ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަށް އެމްބިއުލާންސް، ހަ ހޮސްޕިޓަލަކަށް މިއަދު ދީފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އިމަޖެންސީ ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށް ހއ. ހޯރަފުށީ ހެލްތު ސެންޓަރު، ހއ. ކެލާ ހެލްތު ސެންޓަރު، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް އެމްބިއުލާންސް ހަވާލުކޮށްފައިވާ އެވެ.
ބާކީ ދެ އެމްބިއުލާންސް ދިނީ، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އެމްބިއުލާންސް ސާވިސްއަށެވެ.
ޖަޕާނު ސަރުކާރުން ރާއްޖެ ހަދިޔާކުރި އެމްބިއުލާންސް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފޮނުވުމަށް އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސޯލިހަށް، ޖަޕާނު ސަފީރާއި މިނިސްޓަރު ނަސީމް މިއަދު ހަވާލުކުރައްވަނީ.--ފޮޓޯ: ހެލްތު މިނިސްޓްރީ
އެ އެމްބިއުލާންސްތަކުގައި އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި އެޑްވާންސް ލައިފް ސަޕޯޓް އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑަރު، ބޭގް ވޯލްވް މާސްކް، ސްޕައިނަލް ބޯޑް ފަދަ ތަކެތި ހިމެނެ އެވެ.
މިނިސްޓްރީން ބުނީ ރަށްތަކަށް އެމްބިއުލާންސް ހަވާލުކުރުމުން ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި ނުވަތަ އެކްސިޑެންޓްތަކުގައި ބަލި މީހުންނަށް ކުއްލި ފަރުވާ ދިނުމަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ.
ޖޫންމަހު ހުރިހާ ރަށަކަށް އެމްބިއުލާންސް ލިބޭނެ: ނަސީމް
އެމްބިއުލާންސަށް ބޭނުމީ ވަކި އިދާރާއެއް: މިނިސްޓަރު
ރަށްރަށަށް 96 އެމްބިއުލާންސް ގެންނަން ސޮއިކޮށްފި
ކޮވިޑް އިމަޖެންސީގައި ކޮންމެތާކުން ވެސް އެމްބިއުލާންސް
ޖަޕާނުން 86 މިލިއަން ރުފިޔާގެ ސިއްހީ އާލާތްތައް ދީފި
އެއާ އެމްބިއުލާންސްގައި 804 ބަލި މީހަކު އުފުލައިފި
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ދީފި
އެއާ އެމްބިއުލާންސް ސަލާމަތީ ގޮތުން ރައްކާތެރިވާނެ
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި