އުމުރުން 65 އަހަރުވުމުން ކައުންސިލް އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
23 ނޮވެމްބަރ 2016
އުމުރުން 65 އަހަރުވުމުން ކައުންސިލް އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އުމުރުން 65 އަހަރުވުމުން ރައްޔިތުންގެ މަސްލަހަތު ހިމެނޭ ޒިންމާއެއް އެންމެ އެކަށީގެންވާ ވަރަށް ނުއުފުލޭނެ ކަމަށެވެ.
އުމުރުން 65 އަހަރު ފުރުމުން ކޮންމެ ދިވެހި ރައްޔިތަކަށް ސަރުކާރުން ހާއްސަ އިނާޔަތެއްގެ ގޮތުގައި 5000ރ. ދެމުން އަންނަ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އަދި ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދޭން ޖެހޭތީ އިސްލާހު ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ދަށުން އަސާސީ ހައްގެއް މަޖިލީހުން ފާސް ކުރާ ގާނޫނަކުން ހަނި ކުރެވިދާނެ ކަމަށެވެ.
މި އިސްލާހުގެ ފުރަތަމަ ކިޔުން ޖަލްސާގައި ވަނީ އިއްވައިފަ އެވެ. އަދި އިސްލާހަށް ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމުން މެމްބަރުންގެ އަޣުލަބިއްޔަތުން އެކަން ފާސްކޮށް ބަހުސް މަރުހަލާ ވަނީ ފަށައިފަ އެވެ.
ރައީސުމްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ކުރިން ވަނީ ބަދަލު ގެނެސްފަ އެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް އަދި ގާނޫނަށް ބަދަލެއް ނުގެނެ އެވެ.
މިއީ ސިޔާސީ ހަޔާތް ދުއްވާލަން ކުރާ ކަމެއް: ސަލީމް
ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރަން ފާސްކޮށްފި
އަންނަ އަހަރު 980 ކައުންސިލަރުން އިންތިހާބު ކުރާނެ
އިންތިހާބުގައި 66 ޕަސެންޓު މީހުން ވޯޓުލި: އިލެކްޝަން
ކައުންސިލް އިންތިހާބުގައި 1487 ކެންޑިޑޭޓުން ވާދަކުރޭ
ލޯކަލް އިންތިހާބަށް ކުރިމަތިލުން މި މަހުގެ ނިޔަލަށް
މުޖުރިމުންނަށް ކައުންސިލަށް ވާދަކުރުމުގެ ދޮރު ހުޅުވިފައި
ބައެއް ކުށްވެރިންނަށް ފުރުސަތު ހަނިކޮށް ބިލް ފާސްކޮށްފި
ކުށްވެރިންނަށް ވާދަކުރެވޭ އިސްލާހު ބަލައިގަނެ ކޮމެޓީއަށް
ކައުންސިލަރުންގެ އާ ޝަރުތަށް ޕީޕީއެމުން ވެސް ދެކޮޅު