11 ޑިސެމްބަރ 2022
އަލް ކޯރު (ޑިސެމްބަރު 11) - އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަތުން 2-1 އިން ބަލިވެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން އިންގްލެންޑް ކަޓައިފި އެވެ.
އަލް ކޯރު (ޑިސެމްބަރު 11) - އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަތުން 2-1 އިން ބަލިވެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން އިންގްލެންޑް ކަޓައިފި އެވެ.
މި ނަތީޖާއާ އެކު، ފްރާންސް މި ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ސެމީ ފައިނަލް ގައި ފްރާންސް ކުޅެން ޖެހޭނީ، ޕޯޗުގަލް ބަލިކުރި މޮރޮކޯއާ ދެކޮޅަށެވެ.
މެޗުގެ ފުރަތަމަ ހާފް ފްރާންސް ނިންމާލީ، 17 ވަނަ މިނިޓުގައި އޮރޭލިއަން ޗުއަމެނީ ޖަހައިިން ގޯލުން ކުރި ހޯދައިގެންނެވެ. ދެ ވަނަ ހާފުގައި މާ ގިނައިރެއް ނުވެ، މެޗުގެ 54 ވަނަ މިނިޓުގައި އިންގްލެންޑުން ނަތީޖާ އެއްވަރު ކުރީ ކެޕްޓަން ހެރީ ކޭން ކާމިޔާބު ކޮށްދިން ޕެނަލްޓީއިންނެވެ.
އިންގްލެންޑުން ނަތީޖާ އެއްވަރު ކުރި މި ޕެނަލްޓީ ދިނީ ފްރާންސަށް ލީޑް ނަގައިދިން ޗުއަމެނީ، އޭރިއާ ތެރެއިން އިންގްލެންޑްގެ ވިންގާ ބުކަޔޯ ސަކާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މި ގޯލާ އެކު ކޭން ވަނީ، އިންގްލެންޑަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުރީގެ ފޯވާޑް ވޭން ރޫނީގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ. ކޭން ވަނީ 80 މެޗުން އިންގްލެންޑަށް 53 ގޯލު ޖަހައިދީފަ އެވެ. ރޫނީ ރެކޯޑް ހެދީ، 120 މެޗުން މި އަދަދަށް ގޯލު ޖަހައިގެންނެވެ.
މެޗުގައި ދެ ވަނަ ފަހަރަށް ފްރާންސުން ލީޑު ނެގީ 78 ވަނަ މިނިޓުގައި އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހަކުން ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ އޮލިވިއޭ ޖިރޫ ބޮލުން ކާމިޔާބު ކޮށްދިން ގޯލުންނެވެ. މި ގޯލާ އެކު އޭނާ ވަނީ މިހާތަނަށް ފްރާންސްގެ ގައުމީ ޓީމަށް 53 ގޯލު ހަމަ ކޮށްދީފަ އެވެ.
ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ދެ ވަނަ ފަހަރަށް ވެސް ނަތީޖާ އެއްވަރު ކުރަން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. ތިއޯ ހެނާންޑޭޒް، އިންގްލެންޑްގެ ބަދަލު ކުޅުންތެރިޔާ މޭސަން މައުންޓަށް ފައުލް ކޮށްގެން، ވީއޭއާރުގެ އެހީގައި ބްރެޒިލްގެ ރެފްރީ ވިލްޓަން ސަމްޕައޯ ދިން ޕެނަލްޓީ ކޭން މިފަހަރު ފޮނުވާލުމުން ދިޔައީ ގޯލު މަތިން ބޭރަށެވެ.
މި މެޗަކީ އިންގްލެންޑާއި ފްރާންސް، ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި ބައްދަލުކުރި ފުރަތަމަ މެޗެވެ. އިންގްލެންޑް ވަނީ 2018 ގައި ރަޝިއާ ގައި އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލް ގައި ކުޅެފަ އެވެ. ނަމަވެސް އެ ފަހަރު ބަލިވީ ރަނަރަޕް ކްރޮއޭޝިއާ އަތުންނެވެ.
އާނޯލްޑް ވިދާލި މެޗުން އިންގްލެންޑަށް ފަސޭހަ މޮޅެއް
އެމްބާޕޭ އަށް ރަތްދޫލަ އަޅައި ނުދޭނަން: ވޯކާ
ޖޭމްސް އާއި ކާންޓޭ އަށް ވޯލްޑް ކަޕް ގެއްލިދާނެ
މެޗު ނުކުޅެ ހަތަރު ޓީމު ދެ ވަނަ ބުރަށް ދަތުރުކޮށްފި
ފްރާންސަށް މޮޅެއް، ސްޕެއިން ސަލާމަތްވީ ކިރިޔާ
ބެލްޖިއަމް ބަލިކޮށް އިންގްލެންޑް އެއް ވަނަ އަށް
އިންގްލެންޑާއި ފްރާންސް އަދި ޕޯޗުގަލަށް މޮޅެއް
އިންގްލެންޑާއި ފްރާންސް އަދި ތުރުކީ ޔޫރޯ އަށް
ހަތަރު ގޯލު ޖަހައި ރޮނާލްޑޯ ތަފާތު ދައްކައިފި
ޔޫރޯ ކޮލިފައިންގައި ގަދަ ބާރުތަކަށް މުހިއްމު މޮޅުތަކެއް