Roadha Mihaaru
ފްރާންސް ފެވަރިޓަކަށްވީ މުބާރާތުގެ ކުރިން: ޑެޝޯމްޕްސް

ފްރާންސް ފެވަރިޓަކަށްވީ މުބާރާތުގެ ކުރިން: ޑެޝޯމްޕްސް

28 ޖޫން 2021

ބުކަރެސްޓް (ޖޫން 28) - ޔޫރޯގެ ފޭވަރިޓަކަށް ފްރާންސްވީ މުބާރާތް ފެށުމުގެ ކުރިން ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބުކަރެސްޓް (ޖޫން 28) - ޔޫރޯގެ ފޭވަރިޓަކަށް ފްރާންސްވީ މުބާރާތް ފެށުމުގެ ކުރިން ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ދެ ވަނަ ބުރުގައި މިރޭ ފްރާންސް ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. ފްރާންސްގެ ވާތު ޑިފެންޑަރުން ކަމަށްވާ، ލޫކަސް ހެނާންޑޭޒް އާއި ލޫކަސް ޑީން އަށް ޕޯޗްގަލް މެޗުގައި ކުރިމަތިވި އަނިޔާއާ ގުޅިގެން އެ ދެ ކުޅުންތެރިން ފިޓެއް ނުވެ އެވެ.

އެހެންވެ ފްރާންސަށް މަޖުބޫރުވެފައި ވަނީ މިޑްފީލްޑާ އެޑްރިއަން ރެބިއޯ ޑިފެންސަށް ބަދަލު ކުރުމަށެވެ. މިރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި ފްރާންސުން ތިން ޑިފެންޑަރުން ހިމަނައިގެން ކުޅޭ ފޯމެޝަން ބަދަލު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ފްރާންސަށް ކުރިމަތިވެފައި އޮތް ޑިފެންސިވް މައްސަލައާ ގުޅިގެން ސްވިޒަލެންޑްގެ ގޭމް ޕްލޭން ބަދަލު ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ލަޑިމިއާ ޕެޓެކޮވިޗް ބުންޏެވެ.

ސްވިޒަލެންޑުގެ ކޯޗް ޕެޓެކޮވިޗް އެ ޓީމުގެ ޕްރެކްޓިހުގައި --- ފޮޓޯ: އޭއެފްޕީ

ސްވިޒަލެންޑުގެ ކޯޗް ޕެޓެކޮވިޗް އެ ޓީމުގެ ޕްރެކްޓިހުގައި --- ފޮޓޯ: އޭއެފްޕީ

"އަހަންނަކަށް ހިއެއް ނުވޭ އެކަމަކުން އަހަރެމެންނަށް އަސަރު ކުރާނެ ހެނެއް. އެއީ ޑިޑިއޭ ޑެޝޯމްޕްސްއާ ގުޅުން ހުރި މައްސަލައެއް. އެކަމަކު އޭނާގެ ޓީމުގައި އެބަތިބި އެ މަގާމުތަކަށް ފިލް ކުރެވޭ ގިނަ ކުޅުންތެރިން،" ޕެޓްކޮވިޗް ބުންޏެވެ. "އަހަރެމެން މަސައްކަތް ކުރަން ޖެހޭނީ އަހަރެމެންގެ އަމިއްލަ ޓެސްޓެއްގައި، އަހަރެމެން ތައްޔާރުވާން ޖެހޭނީ އަހަރެމެންގެ އަމިއްލަ ގޭމް ޕްލޭނެއްގައި."

މިރޭގެ މެޗުގެ އިތުރުން މުބާރާތުގައި ވެސް ފެވަރިޓެއްގެ ގޮތުގައި އޮތް ޓީމަކީ ފްރާންސެވެ. ނަމަވެސް އެ ޓީމުގެ ކޯޗް ޑެޝޯމްޕްސް ބުނީ، އޭނާގެ ޓީމު ފޭވަރިޓަކަށްވީ މުބާރާތުގެ ކުރިން ކަމަށެވެ. ޑެޝޯމްޕްސް ބުނީ އޭނާ ވިސްނާ ކަމަކީ ސްވިޒަލެންޑްގެ ޓީމާ މެދުގައި ކަމަށެވެ.

"އަހަންނާ އަހަރެންގެ ކުޅުންތެރިންނަށް އެނގޭ ސްވިސްގެ ކޮލިޓީ،" ޑެޝޯމްޕްސް ބުންޏެވެ. "އެ ޓީމުގައި އެބަހުރި މެޗުގައި ރަނގަޅު ކަންތައްތަކެއް ކުރުމުގެ ގާބިލްކަން. ދުނިޔޭގެ ރޭންކިންގެ 13 ވަނައިގައި އެ ޓީމު އޮންނާނީ ސަބަބެއް ނެތިއެއް ނޫން. ޕެޓްކޮވިޗް ވަނީ އެ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައި."

ފްރާންސަށް ކުރިމަތިވެފައިވާ ޑިފެންސިވް މައްސަލައާ ގުޅޭ ގޮތުން ޑެޝޯމްޕް ބުނީ، ކޮންމެ މެޗެއްގެ ކުރިން ވެސް އެ މެޗެއްގެ ހާލަތަށް ރިއާޔަތްކޮށް ކުޅުންތެރިންގެ ހިޔާލު އޭނާ ހޯދާ ކަމަށެވެ.

"އޭގެ ބޭނުމަކީ ކުޅުންތެރިންނަށް އެންމެ ރަނގަޅު ފުރުސަތު ލިބޭނީ ކޮންގޮތަކަށްކަން ދެނެގަތުން،" ޑެޝޯމްޕްސް ބުންޏެވެ. "ނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމާ މީހަކީ އަހަރެން."

ފްރާންސާއި ސްވިޒަލެންޑް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރު އެވެ.