ގިނަ ދަރިން ހޯދައި އާބާދީ އިތުރުކުރަން ހިތްވަރު ދިނުމުގެ ގޮތުން، ދެ ވަނަ އާބާދީ އެންމެ ބޮޑު އިންޑިއާގެ ސްޓޭޓެއްގައި ރައްޔިތުންނަށް އެއް ލައްކަ ރުޕީސްގެ އިނާމެއް ދޭން އިއުލާންކޮށްފި އެވެ.
24 ޖޫން 2021
ގިނަ ދަރިން ހޯދައި އާބާދީ އިތުރުކުރަން ހިތްވަރު ދިނުމުގެ ގޮތުން، ދެ ވަނަ އާބާދީ އެންމެ ބޮޑު އިންޑިއާގެ ސްޓޭޓެއްގައި ރައްޔިތުންނަށް އެއް ލައްކަ ރުޕީސްގެ އިނާމެއް ދޭން އިއުލާންކޮށްފި އެވެ.
އެ އިނާމު ދޭން ނިންމާފައި ވަނީ މިހާރު ވެސް "ދުނިޔޭގެ އެންމެ ބޮޑު އާއިލާ" ކަމަށް ބުނާ އާއިލާ އޮންނަ މިޒޯރަމް ސްޓޭޓްގެ އައިޒޯލް އީސްޓް-2 ގެ ރައްޔިތުންނަށެވެ. އެތަނުގެ އާބާދީ މިހާރު އިތުރުނުވާ ކަމަށް ވިދާޅުވެ އެންމެ ގިނަ ދަރިން ހޯދާ އާއިލާތަކަށް އެއް ލައްކަަ ރުޕީސްގެ އިމާނެއް ދޭން އިއުލާންކުރެއްވީ ސްޕޯޓްސް މިނިސްޓަރު ރޮބަޓް ރޮމާވިއާ ރޯއިޓީ އެވެ.
އެ އިނާމަކީ ސްޓޭޓް ސަރުކާރުގެ މެދުވެރިވެގެން ދޭން ނިންމާފައިވާ އެއްޗެއް ނޫނެވެ. އިނާމް ދޭން ނިންމީ މިނިސްޓަރުގެ އަމިއްލަ ހައިސިއްޔަތުންނެވެ. އަދި އެ ފައިސާގެ އިނާމުގެ ކަންކަން ކުރިއަށް ގެންދާނީ މިނިސްޓަރުގެ ދަރިޔަކު އިސްކޮށް ހުރެގެން ހިންގާ އިމާރާތްކުރުމުގެ މަސައްކަތާ ގުޅޭ ކޮންސަލްޓޭންސީ ކުންފުނި ނޯތު އީސްޓް ކޮންސަލްޓޭންސީ ސާވިސްއިންނެވެ.
އެންމެ ގިނަ ދަރިން ހޯދާ އާއިލާއަކަށް ފައިސާގެިއޮނާމު ދޭން ނިންމި ނަމަވެސް އެންމެ ގިނަ ދަރިން ކަމަށް ބަލާނީ ކިތައް ދަރިން ހޯދުމުން ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އިތުރު މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.
Mizoram’s sports minister Robert Romawia Royte announced a unique scheme for his constituency - Rs. 1 lakh cash reward for a parent with the highest number of children pic.twitter.com/6I7uheniZk
— Hindustan Times (@htTweets) June 22, 2021
ފައިސާގެ އިނާމާ އެކު އާއިލާތަކަށް ޓްރޮފިއަކާއި ހަނދާނީ ލިޔުން ވެސް ދޭނެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އާބާދީ އެކަށީގެންވާ ވަރަށް އިތުރުނުވާތީ އައިޒޯލް އީސްޓް-2 އަށް ގިނަ މައްސަލަތައް މިހާރު ވެސް ކުރިމަތިވަމުންދާ ކަމަށެވެ.
"އާބާދީ ދަށްވުމުން އަހެރެމެންނަށް ތަރައްގީގެ މަގުގައި ކުރިއަށް ދާން ހުރަސްތަކެއް ވެސް އެބަހުރި. އެހެންވީމަ އެބަޖެހޭ ގިނަ ދަރިން ހޯދަން،" އައިޒޯލް ފުޓްބޯލް ކުލަބްގެ ނަމުގައި އަމިއްލަ ފުޓްބޯޅަ ޓީމެއް ވެސް ހިންގާ ކޯއިޓީ ވިދާޅުވި އެވެ. "އާބާދީ އިތުރުކުރަން މަސައްކަތް ނުކުރާ ނަމަ އަހަރެމެންގެ ސްޓޭޓަށް ކުރިއަށް އޮތް ތަނުގައި ދިމާވާ މައްސަލައް ބޮޑުވާނެ."
އިންޑިއާގައި 2011 ހެދި ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިޒޯރަމް ސްޓޭޓްގެ އާބާދީ އަކީ 1,091,014 އެވެ. އެ ސްޓޭޓަކީ އިންޑިއާގައި ދެވަނަ އަށް އެންމެ އާބާދީ ދަށް ސްޓޭޓެވެ. އެންމެ އާބާދީ ދަށް ސްޓޭޓަކީ އަރުޗަނަލް ޕްރަދޭޝް އެވެ.
މިޒޯރަމް ސްޓޭޓްގެ އައިޒޯލް އީސްޓް-2 ގެ އާބާދީ އިތުރުކުރަން ހިތްވަރު ދިނުމުގެ ގޮތުން ގިނަ ދަރިން ހޯދާ އާއިލާތަކަށް ފައިސާގެ އިނާމެއް ދޭން އިއުލާންކުރި އިރު، އިންޑިއާގެ ގިނަ ސްޓޭޓްތަކުން މިހާރު ގެންގުޅެނީ އާބާދީ ކޮންޓްރޯލްކުރުމުގެ ޕޮލިސީ އެވެ.
ކޮވިޑާ ހެދި ދަރިފުޅާ ބައްދަލުނުވެ ދޮޅު އަހަރު
"އެންމެ ބޮޑު އާއިލާ" ގެ އިސް މީހާ މަރުވެއްޖެ
14 ފިރިހެން ދަރިންނަށް ފަހު އަންހެން ދަރިއެއް
ބައްޕައަކާއި ދަރިންގެ ވާހަކަ އިންސްޓަގްރާމުން
އަޚުލާގީ ތަރުބިޔަތުގައި އާއިލާގެ ދައުރު އަދާކުރެވޭބާ؟
ދިގުރަށުން ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ
އިންޑިއާގެ އާބާދީ، މިއަހަރު ޗައިނާއަށް ވުރެ އިތުރުވަނީ
ދެކުނު ކޮރެއާގައި ދަރިން ހޯދުމަށް ފައިސާގެ އެހީ ދެނީ
ދައުލަތުން ބަލާ ކުއްޖެއްގެ ހަރަދު ބައްޕަ ދޭން އަމުރެއް
މަންމަގެ ލިވާއާ އެކު އަދްޔާނަށް އާ ދިރިއުޅުމެއް