Roadha Mihaaru
އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް މަޝްވަރާކޮށްފި

އިޖުތިމާއީ ފޭރާން ރަނގަޅުކުރަން ހިންގާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި

07 ޖުލައި 2021

އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް ހިންގާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް ހިންގާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މުޖުތަމައުގައި ހުރި ނޭދެވޭ އާދަކާދަތައް ނައްތާލައި އެ ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ސޯޝަލް އެތިކްސް ކޮމިޓީއާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ މަޝްވަރާގައި ސްކޫލުތެރެ އާއި ސްކޫލުން ބޭރުން ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގޭނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން އެ ބޭފުޅުން ވާހަކަދެއްކެވި އެވެ.

ނައިބު ރައީސް ވިދާޅުވީ ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ. އެހެންވެ، ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތައް ރަނގަޅުކުރުމަށް ސަރުކާރުގެ ހުރިހާ ދިމާލަކުން ވެސް އެއްބާރުލުންދީ މަސައްކަތްކުރެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ އެދިވަޑައިގަތުމެއްކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ސްކޫލްތައް މެދުވެރިކޮށް ކުދިންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ރީތި އަދަބާއި އަހުލާގު އަދި ހަމަތަކާއި އުސޫލުތައް ކުދިންގެ ގައިގައި އަށަގެނުވުމަށް ކުރެވިދާނެ ކަންކަމާއި ހިންގާނެ ހަރަކާތްތަކާ ގުޅޭގޮތުންނެވެ.