Roadha Mihaaru
ހަމަލާއާ ގުޅުން ހުރި ބަޔަކު ދޫކޮށްލުމުން އިސްތިއުނާފަށް

މެއި 6 ގެ ހަމަލާއާ ގުޅުން ހުރި ބަޔަކު ދޫކޮށްލުމުން އިސްތިއުނާފަށް

07 ޖުލައި 2021

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު، ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި ތިން މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރު، އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި ތިން މީހުން ދޫކޮށްލަން އަމުރު ކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ 40 ދުވަސް ވަންދެން ބަންދުކޮށްފައި ވާއިރު، އިތުރު ހެއްކެތް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާތީ ކަމަށެވެ.

މި ތިން މީހުންގެ ވަނަވަރު ފުލުހުން އަދި އާންމުކޮށްފައެއް ނުވެ އެވެ. މި އަމުރާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ ގްރޫޕްގައި ބުނެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ނިންމެވި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތަށް އަށް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން މިހާތަނަށް ވަނަވަރު އާންމު ކުރީ ފަސް މީހެއްގެ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.

ޓެރަރިސްޓް ހަަމަލާ އިން ލިބުނު ޒަހަމްތަކާ ގުޅިގެން ބޮޑެތި އޮޕަރޭޝަންތަކެއް ނަޝީދު ވަނީ އޭޑީކޭގަ އާއި ޖަރުމަނުގައި ވެސް ކުރައްވައިފަ އެވެ. އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާ ހޯއްދަވަން އިނގިރޭސިވިލާތުގަ އެވެ.