މި ސަރުކާރުގައި ވެސް ގެންގުޅެނީ ރާއްޖޭގެ އިތުރުން ދުނިޔޭގައި ވެސް ދެ ވަނަ އަށް އެންމެ ދިގު މުއްދަތަކަށް ފޮރިން މިނިސްޓަރުކަން ކުރެއްވި ފަތުހުﷲ ޖަމީލްގެ ވަޒީރުކަމުގައި ވެސް އަމަލުކުރެއްވި ހާރިޖީ ސިޔާސަތު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
15 ޖުލައި 2021
މި ސަރުކާރުގައި ވެސް ގެންގުޅެނީ ރާއްޖޭގެ އިތުރުން ދުނިޔޭގައި ވެސް ދެ ވަނަ އަށް އެންމެ ދިގު މުއްދަތަކަށް ފޮރިން މިނިސްޓަރުކަން ކުރެއްވި ފަތުހުﷲ ޖަމީލްގެ ވަޒީރުކަމުގައި ވެސް އަމަލުކުރެއްވި ހާރިޖީ ސިޔާސަތު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކޮށްފައިވާ ފޮރިން މިނިސްޓްރީގެ އިމާރާތުގެ ނަން، ރާއްޖޭގައި 27 އަހަރު ފޮރިން މިނިސްޓަރުކަން ކުރެއްވި ފަތުހުﷲ އަށް ނިސްބަތްކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ ބައިނަލްއަގްވާމީ މައިދާނުގައި އެންމެ އުހަށް ރާއްޖެ ގެންގޮސް ދެއްވާފައި ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް، ޗައިނާގެ ހިލޭ އެހީގައި މަރާމާތު ކުރުމަށް ފަހު އަލުން މިއަދު ހުޅުވީ "ފަތުހުﷲ ޖަމީލް ބިލްޑިންގް" އަށް ނަން ބަދަލުކުރުމަށް ފަހުގަ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ބިކަވެ، ބާކީ ވެފައި ވަނިކޮށް، މި ސަރުކާރު ވެރިކަމަށް އައިސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަ ވެރިކަން ދުނިޔެއިން ބަލައިގަނެފައިވާ ކަމަށެވެ.
ފަތުހުﷲގެ އަރިހުގައި ވެސް މަސައްކްތަ ކުރެއްވި ޝާހިދު ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ މައިދާނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ވަނީ ފެނިވަޑައިގެންފަ އެވެ.
"އެ މަނިކުފާނު ބޭރު މީހުންނާ ބައްދަލުކުރައްވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވާ. އެ މަނިކުފާނު ބޭރު މީހުންނާ ވާހަކަ ދައްކަވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވާ. ދަތި ވަގުތުތަކުގައި ވެސް އެ މަނިކުފާނު ބޭރު މީހުންނާ ވާހަކަ ދައްކަވައިގެން ހައްލު ހޯއްދެވުމަށް މަސައްކަތް ކުރެއްވި. އަޅުގަނޑުމެންގެ މި ސަރުކާރުގައި ރައީސްގެ ސިޔާސަތަކީ ވެސް އެއީ،" ޝާހިދު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، ރާއްޖޭގެ ހާރިޖިއްޔާގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ހަނދާން އާކުރުމަކީ ރައީސް ބޭނުންފުޅުވާ ގޮތް ކަމަށާއި އެހެންވެ މިނިސްޓްރީގެ އެކި މާލަންތަކަށް އެ ބޭފުޅުންގެ ނަން ދީފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓްރީގެ މާލަމްތަކަށް ދީފައިވާ ނަންތަކުގެ ތެރޭގައި ހިމެނެނީ އަލްއަމީރު ހަސަން ފަރީދު މާލަމާއި އަލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލޭފާނު އަދި އަލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، އަހުމަދު ޒަކީ އާއި ޑރ. އަބްދުއްސަމަދު އަބްދުﷲ އެވެ. މި ބޭފުޅުންނަކީ ކުރިން ރާއްޖޭގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނެވެ.
މީގެ އަށް އަހަރު ކުރިން އަވަހާރަވެފައިވާ ފަތުހުﷲ ޖަމީލްގެ ނަންފުޅު ހާއްސަވެފައި ވަނީ ފޮރިން މިނިސްޓްރީ ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވެ އެވެ. އަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވައި ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިީމީ މިޝަންގެ މަންދޫބުކަން ކުރައްވަމުން ގެންދަވަނިކޮށް ރާއްޖޭގެ ހާރިޖީ ވަޒީރުކަމަށް ފަތުހުﷲ އައްޔަން ކުރެއްވީ 1978 ވަނަ އަހަރު އެވެ. އެ މަގާމުގައި 2005 ވަނަ އަހަރުގެ ނިޔަލަށް ހުންނެވީ ފަތުހުﷲ އެވެ. އުމުރުފުޅުން 69 އަހަރުގައި 2012 ވަނަ އަހަރު، ފަތުހުﷲ އަވަހާރަވީ ސިންގަޕޫރުގަ އެވެ.
އޯއޭސީޕީއެސްގެ މެމްބަރުކަން ރާއްޖެއަށް ލިބިއްޖެ
ފަތުހުﷲ ދެއްވި ޓައީގައި އުއްތަމަ ފަނޑިޔާރު!
ރާއްޖެއަށް ގަދަރު ހޯދައިދެއްވީ ފަތުހުﷲ: ރައީސް
ގައުމުތަކުގެ ސަފީރުން ރައީސާ ބައްދަލުުކުރައްވައިފި
މާކަނޑު ހިމާޔަތްކުރުމުގެ މުއާހަދާގައި ސޮއިކޮށްފި
ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި
ލިތުއޭނިޔާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރެއް
ފުރަތަމަ އަންހެން ފޮރިން ސެކްރެޓަރީއަކަށް އިނާޔާ
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަނީ
ސްޓޭޓް މިނިސްޓަރު ފަހުމީ 4 ދުވަސްތެރޭ ވަކިކޮށްފި