ރާއްޖޭގައި އުޅޭ މީހުންގެ 32 ޕަސެންޓަކީ ބިދޭސީން ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްގެ މިއަހަރުގެ ޕްރޮޖެކްޝަންތަކުން ދައްކައިފި އެވެ.
12 ޖުލައި 2021
ރާއްޖޭގައި އުޅޭ މީހުންގެ 32 ޕަސެންޓަކީ ބިދޭސީން ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްގެ މިއަހަރުގެ ޕްރޮޖެކްޝަންތަކުން ދައްކައިފި އެވެ.
ދުނިޔޭގެ އާބާދީގެ ދުވަހާ ދިމާކޮށް އިއްޔެ އެ ބިއުރޯ އިން އާންމުކުރި އެންމެފަހުގެ ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގެ މުޅި ޖުމްލަ އާބާދީ އަކީ 568،362 ކަމަށް ލަފާކުރެވެ އެވެ. އޭގެ ތެރެއިން ބިދޭސީންގެ އަދަދަކީ 182،666 އެވެ.
ބިދޭސީންގެ ތެރޭގައި އެންމެ ގިނައީ ފިރިހެނުންނެވެ. އަންހެނުން ހިއްސާވަނީ އެންމެ އަށް ޕަސެންޓެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީ ދެ ލައްކައާ ގާތްކުރާއިރު، އެންމެ ގިނައީ ރާއްޖެ އަށް މަސައްކަތު އައިސް އުޅޭ ބިދޭސީންނެވެ. އިމިގްރޭޝަންގެ ތަފާސްހިސާބުތަކާ ހަވާލާދީ ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އާބާދީ އަކީ 138،728 އެވެ.
ބިދޭސީ މަސައްކަތްތެރިންގެ އާބާދީގައި އެންމެ ގިނަ މީހުން މަސައްކަތްކުރަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގަ އެވެ. އެއީ 38 ޕަސެންޓް މީހުންނެވެ. ޓޫރިޒަމް އިންޑަސްޓްރީގައި 18 ޕަސެންޓް މަސައްކަތްކުރާ އިރު، ވިޔަފާރި އާއި ހޮޓެލް ރެސްޓޯރެންޓް އިންޑަސްޓްރީގައި 16 ޕަސެންޓް ހިއްސާވެ އެވެ. އަދި ބާކީ 28 ޕަސެންޓް މަސައްކަތްކުރަނީ އެހެނިހެން ދާއިރާތަކުގަ އެވެ.
މުޅި ޖުމްލަ ބިދޭސީންގެ އާބާދީ އާއި މަސައްކަތްކުރާ ބިދޭސީންގެ އާބާދީ އަޅާކިޔާއިރު، އެއްވެސް މަސައްކަތެއް ނުކުރާ ނުވަތަ ގަވާއިދާ ހިލާފަށް އުޅޭ ނުވަތަ ރާއްޖޭގައި މީހުންނާ އިނދެގެން އުޅޭ އަދި އެހެނިހެން ކަންކަމުގައި އުޅޭ ބިދޭސީންގެ އާބާދީ މިހާރު ހުރީ 43،000 އިން މަތީގަ އެވެ.
ރަސްމީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މަދުކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އިމިގްރޭޝަން ގުޅިގެން މިދިޔަ އަހަރު ވަނީ "ރެގިއުލައިޒޭޝަން" ގެ ނަމުގައި ބޮޑު ޕްރޮގުރާމެއް ވެސް ހިންގައިފަ އެވެ. ސެޕްޓެމްބަރު 2019 ގައި ހުޅުވާލި އެ ފުރުސަތުގައި ވެސް 40،000 ވުރެ ގިނަ ބިދޭސީން ރަޖިސްޓަރީ ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އެމްބަސީތައް މެދުވެރިކޮށް އެ ބިދޭސީންގެ ލިޔެކިޔުން ހޯދާ ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތާއި އަދި އެނބުރި ގައުމަށް ދާން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ވެސް އިކޮނޮމިކް މިނިސްޓްރީން ދިނެވެ. މިދިޔަ އަހަރު ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ފުރަތަމަ ގޯސްވި ދުވަސްވަރު، ދައުލަތުގެ ހަރަދުގައި އޭގެ ތެރެއިން ވަރަށް ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ވެސް ފޮނުވާލައިފަ އެވެ.
ޒުވާން އާބާދީގެ 19 ޕަސެންޓް އެއްވެސް ކަމެއް ނުކުރޭ
އިތުރުވީ 44000 ދިވެހިން، ބިދޭސީން ދެ ގުނަ އިތުރު
މިހާތަނަށް ދައްކަނީ 16،800 ދިވެހިން އިތުރުވިކަމަށް
އާބާދީ އިތުރު ނުވެ، ރަތް ރޮނގު ހުރަސް ކުރަނީ!
ބޯހިމެނުމުގެ ނަތީޖާ ސައްހަވާނެ ކަމާމެދު އުފައްދާ ސުވާލު
ބޯހިމެނުން: ބޭރުގައި އުޅޭ ދިވެހިންގެ މައުލޫމާތު ހޯދަނީ
ބޯހިމެނުމުގެ މުއްދަތު ހަފުތާއަކަށް އިތުރުކޮށްފި
ބޯހިމެނުން: މާލެ އިން މައުލޫމާތު ނުލިބޭ 900 ތަނެއް
ބޯހިމެނުން: ބައިވެރިނުވެވި ތިބި ނަމަ 1423އަށް ގުޅާ
8 އަހަރު ފަހުން ރާއްޖޭގައި ބޯހިމަނަން ފަށައިފި