Roadha Mihaaru
މަލީހް، ވައްޑެ އަދި ރުކުމާ ޕީޕީއެމަށް

މަލީހް، ވައްޑެ އަދި ރުކުމާ ޕީޕީއެމާ ގުޅިވަޑައިގެންފި

19 ޖުލައި 2021

ކުރީގެ ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެމްބަރަކު އިދިކޮޅު ޕީޕީއެމާ މިރޭ ގުޅިވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެމްބަރަކު އިދިކޮޅު ޕީޕީއެމާ މިރޭ ގުޅިވަޑައިގެންފި އެވެ.

މަލީހުގެ އިތުރުން އެ ޕާޓީއާ ގުޅިވަޑައިގަތީ ތުލުސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެވެ. އެ ތިން ބޭފުޅުން ޕީޕީއެމާ ގުޅިވަޑައިގަތީ އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މިރޭ ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، އޭނާގެ ފޯމު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ އަބްދުއްރަހީމްއާ ހަވާލު ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

ކޮމިއުނިކޭޝަން މިނިސްޓަރަކަށް މަލީހް ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. މަގާމުން ދުރުކުރުމުން މިހާރު އޭނާ ގެންދަވަނީ ސަރުކާރާއި އެމްޑީޕީއަށް ފާޑު ވިދާޅުވަމުންނެވެ.

މިއީ މަލީހާއި ވައްޑެ ޕީޕީއެމާ ގުޅިވަޑައިގެންނެވި ދެވަނަ ފަހަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ވެސް މަލީހް ޕީޕީއެމްގެ މެމްބަރަކަށް ހުންނެވި އެވެ.

ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިރޭ ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، އޭނާގެ ފޯމު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ އަބްދުއްރަހީމްއާ ހަވާލު ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ މެމްބަރަކަށް ވައްޑެ ހުންނެވުމަށް ފަހު 2017 ގައި އޭނާ އެ ޕާޓީން ވަކިވީ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހު އެވެ. އޭނާ ޕީޕީއެމުން ވަކިވުމުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން އޭރު ނިންމި އެވެ. އަދި ގޮނޑި ގެއްލިފައި ވަނިކޮށް މަޖިލީހަށް ވަން ކަމަށް ބުނެ އޭނާ ހައްޔަރުކޮށް، ދައުވާ ވެސް ކުރި އެވެ. އެކަމަކު ފަހުން އެ ދައުވާތައް ވަނީ އަނބުރާ ގެންގޮސްފަ އެވެ.