Roadha Mihaaru
ޝާހިދު ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާއަށް

ޝާހިދު ރަސްމީ ދަތުރެއްގައި އިންޑިއާ އަށް

10 ޖުލައި 2023

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާ އަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާ އަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ދައުވަތަކަށް ޝާހިދު ކުރައްވާ ދެ ދުވަހުގެ ދަތުރެއް ކަމަށެވެ. މިއަދުގެ ވަގުތެއްގައި ޝާހިދު ނިއު ދިއްލީ އަށް ފުރާވަޑައިގަންނަވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ސަރުކާރާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިއާ އަށް ޝާހިދު ކުރައްވާ މި ދަތުރުގެ ރަސްމީ ބައްދަލުވުންތައް އޮންނާނީ މާދަމާ އަދި ބުދަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ދަތުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކޮށް، އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއާ ގުޅޭ އިތުރު އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް އޮންނާނެ އެވެ.

އެ ދަތުރުގައި އިންޑިއާގެ ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި ބާއްވާ ޖަލްސާއެއްގައި ޝާހިދު ތަގުރީރު ކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން ވެސް ޝާހިދު ވަނީ އެކި ފަހަރު މަތިން އިންޑިއާއަށް ރަސްމީ ދަތުރުތައް ކުރައްވައިފަ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ތިން ފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެންނެވި އެވެ.