Roadha Mihaaru
ޕިއްޒާ މަޑުކޮށްލަން ވަރަށް ފަސޭހަ ގޮތެއް

ޕިއްޒާ މަޑުކޮށްލަން ވަރަށް ފަސޭހަ ގޮތެއް

26 ޖުލައި 2021

ގޭގައި ހެދި ނުވަތަ އޯޑަރުކޮށްގެން ގަތް ޕިއްޒާއެއް ވިޔަސް މާ ބޮޑަށް ހަރު ނަމަ ގިނަ މީހުން އެ ކަމަކު ނުދެ އެވެ. ފަހުން ކާލަން ބާއްވާ ޕިއްޒާ ފޮތި ވެސް މާ ބޮޑަށް ހިކި، ހަރުވެފައި އޮވެދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގޭގައި ހެދި ނުވަތަ އޯޑަރުކޮށްގެން ގަތް ޕިއްޒާއެއް ވިޔަސް މާ ބޮޑަށް ހަރު ނަމަ ގިނަ މީހުން އެ ކަމަކު ނުދެ އެވެ. ފަހުން ކާލަން ބާއްވާ ޕިއްޒާ ފޮތި ވެސް މާ ބޮޑަށް ހިކި، ހަރުވެފައި އޮވެދާނެ އެވެ.

ނުބައި ނުވެ އޮތް ނަމަ ޕިއްޒާ އެއްލައިނުލާށެވެ.

މައިކްރޮވޭވްގެ ތެރޭގައި ފެން ޖޯޑެއް ބަހައްޓާފައި ދެތިން މިނިޓަށް ޕިއްޒާ ހޫނުކޮށްލާށެވެ. އޭރުން އެ ހޫނާ އެކު މައިކްރޮވޭވްގެ ތެރޭގައި ދައުރުވާ އާވިން ފިއްޒާ އަށް ތެތްތަކަން އައިސް މަޑުކޮށްދޭނެ އެވެ.

ޕާން ނުވަތަ ބަނަސް ވެސް މާ ބޮޑަށް ހިކި، ހަރުވެފައިވާ ނަމަ މި އުކުޅު ބޭނުންކުރެވިދާނެ އެވެ. ރަހައަކަށް ބަދަލެއް ނާންނާނެ އެވެ.