ތަފާތު ސަބަބުތަކާ ހުރެ ރާއްޖެއަށް ނުގެނެވި ލަސްވެފައިވާ، ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމެންޓެއް މިދިޔަ ހަފުތާގައި ރާއްޖެ އަށް ލިބިއްޖެ އެވެ.
27 ޖުލައި 2021
ތަފާތު ސަބަބުތަކާ ހުރެ ރާއްޖެއަށް ނުގެނެވި ލަސްވެފައިވާ، ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމެންޓެއް މިދިޔަ ހަފުތާގައި ރާއްޖެ އަށް ލިބިއްޖެ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު އެކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ނަމަވެސް ގެނެސްފައިވާ އެސްޓްރާޒެނެކާގެ ޑޯޒްގެ އަދަދު ސާފެއް ނުވެ އެވެ.
ސަރުކާރުގެ އެހެން އިސް އޮފިޝަލަކު ވިދާޅުވީ ފަހުން ލިބިފައިވާ ކޮވިޝީލްޑްގެ 300،000 ޑޯޒްގެ ޝިޕްމެންޓް ހަދިޔާކުރީ ހެޔޮއެދޭ ފަރާތަކުން ކަމަށެވެ.
މިދިޔަ މަހުގެ ކުރީކޮޅު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އެސްޓްރާޒެނެކާ ވެކްސިންގެ ބައި މިލިއަނެއްހާ ޑޯޒް މި މަހު ލިބޭނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެ ކުންފުންޏާއެކު ބައްދަލުވުންތައް ބާއްވާފައިވާނެ ކަމަށެވެ.
ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ބޭނުންވާ ވެކްސިން ރާއްޖެ ގެނައުމަށްޓަކައި އެސްޓްރާޒެނެކާ ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ މި އަހަރުގެ ކުރީކޮޅު އެވެ. މި އެއްބަސްވުމުގެ ދަށުން 700،000 ޑޯޒް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެ އަށް ވެކްސިން ގެނައުމަށްޓަކައި ސަރުކާރުން އެންމެ ފުރަތަމަ އެެއްބަސްވުމެއްގައި ސޮއިކުރީ އެސްޓްރާޒެނެކާއާ އެކު އެވެ.
އެސްޓްރާޒެނެކާ ވެކްސިންގެ ބައި މިލިއަނެއްހާ ޑޯޒް މި މަހު ލިބޭނެ ކަމަށް ރައީސް ކުރިން ވިދާޅުވި ނަމަވެސް ބާކީ 200،000 ޑޯޒް ލިބޭނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.
އެސްޓްރާޒެނެކާ އާއި ކޮވިޝީލްޑް ވެކްސިންގެ ޝިޕްމެންޓެއް ރާއްޖެ އަށް ލިބިފައި ވާއިރު، މިނިވަން ދުވަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިއްޔެ ވިދާޅުވީ، ވެކްސިން ޖެހޭ އުމުރުގެ އެންމެންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އަންނަ މަހު ފަށާނެ ކަމަށެވެ. އަދި އާބާދީގެ 90 ޕަސެންޓު އަންނަ މަހު ކޮވިޑް ވެކްސިން ޖަހާނެ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވިއިރު، ރާއްޖޭގެ އާބާދީގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ.
މިދިޔަ ފެބްރުއަރީގައި ފެށި ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން އިއްޔެގެ ނިޔަލަށް 321،350 މީހުން ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، އޭގެ ތެރެއިން ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައި ވަނީ 260،991 މީހުންކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ވެކްސިން އެކްސްޕަޔާވުމުގެ ކުރިން ޖަހައި ނިންމޭތޯ ބަލަނީ
އެސްޓްރަޒެނިކާ ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ދެނީ
އެސްޓްރަޒެނެކާ ވެކްސިން ދޭން ހޮނިހިރުގައި ފަށަނީ
ވެކްސިންގެ 700،000 ޑޯޒު ލިބޭނެ އިރެއް ނޭނގޭ
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ވެކްސިނަށް ފަހު ކަސްރަތު މަޑުޖައްސާލުން ރަނގަޅު
ބޫސްޓަޑޯޒް ނުޖަހާ ނަމަ ކަރަންޓީކުރަން މަޝްވަރާކުރަނީ
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
ކޮވިޑް ޓެސްޓާ ނުލައި މިހާރު 28 ރަށަކަށް ދެވޭނެ
ތިން ލައްކަ މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި