އަންނަ މަހުގެ 10 ގައި ސްކޫލުތަކުގައި ކިޔަވައިދޭން ފަށާއިރު، ކިޔެވުން ކުރިއަށް ގެންދާނެ ވަގުތާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
28 ޖުލައި 2021
އަންނަ މަހުގެ 10 ގައި ސްކޫލުތަކުގައި ކިޔަވައިދޭން ފަށާއިރު، ކިޔެވުން ކުރިއަށް ގެންދާނެ ވަގުތާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު ވިދާޅުވީ، ސްކޫލުތަކަށް އަންނަ ހޯމަ ދުވަހު ޓީޗަރުން ނުކުތުމަށް ފަހު، ދަރިވަރުންނަށް ކިޔަވައިދިނުމަށް ހޭދަކުރާނެ ވަގުތުތައް ސްކޫލުތައް ހުޅުވުމުގެ ކުރިން އަންގާނެ ކަމަށެވެ.
ކޮވިޑު-19 ގެ ހާލަތު ކުރިމަތިވުމުގެ ކުރިން ސްކޫލުތަކުގައި ކޮންމެ ދުވަހަކު ވެސް މަދުވެގެން ފަސް ވަރަކަށް ގަޑިއިރު ކިޔަވައިދިނެވެ. އެކަމަކު ބަލިން ރައްކާތެރިވުމަށް މިދިޔަ އަހަރުގެ ޖުލައި އެކަކުން ފެށިގެން މިދިޔަ މަހު ސްކޫލުތައް ބަންދުވުމާ ހަމައަށް ކްލާސްރޫމުގައި ކިޔަވައި ދީފައި ވަނީ ގިނަވެގެން ހަތަރު ގަޑިއިރެވެ.
ޝަރުމާ ވިދާޅުވީ ގޮތެއް ނިންމާނީ ކޮވިޑުގެ ހާލަތުގެ ކުރިން ސްކޫލުގައި ކިޔަވައިދިން ވަގުތަށްތޯ ނުވަތަ އޭގެ ފަހުން ކިޔަވައިދެމުން އައި ވަގުތާ އެއްގޮތަށް ދިރާސީ އާ އަހަރު ވެސް ގެންދިއުމާ މެދު ކަމަށެވެ.
"ބަލީގެ ހާލަތަށް ރިއާޔަތްކޮށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު، ދަރިވަރުންނަށް ކިޔަވައިދޭނެ ގޮތެއް ކަނޑައަޅާނީ،" ޝަރުމާ ވިދާޅުވި އެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން ފާއިތުވި ދޮޅު އަހަރު މާލެ ސަރަހައްދުގައި ގިނަ ދަރިވަރުންނަށް ކިޔަވައި ދީފައި ވަނީ އޮންލައިންކޮށެވެ. އެކަމަކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށް ފިޔަވައި އެހެން ހިސާބުތަކުގައި މިދިޔަ އަހަރުގެ ޖުލައި އެކަކުން ފެށިގެން ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދެ އެވެ. އެހެންވެ، ދަރިވަރުންނަށް ގެއްލުނު ފިލާވަޅުތައް ކަވަރުކޮށްދިނުމަށް، މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ހަ މަސް އިތުރުކުރަން ނިންމި އެވެ.
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
ސެޕްޓެމްބަރުގެ ނިޔަލަށް ސްކޫލްތައް އޭސީކޮށް ނިންމަނީ
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ކުދިން ބައިވެރިކުރާ ހަރަކާތްތަކަށް ހުއްދަ ހޯދަން ޖެހޭ
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ