Roadha Mihaaru
ތާއީދު ގެންދެވީ ކޮރަޕްޝަނާއި އަނިޔާވެރިވުމުން: ޔުމްނާ

އަބްދުއްރަހީމްގެ ވާހަކަ ދޮގު، "ތާއީދު ގެންދެވީ ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ތެރެއަށް ދިއުމުން"

30 ޖުލައި 2021

ކުރީގެ ރައީސް އަދި އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީނާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުމެވަޑައިގަތީ މައުމޫންގެ "ލެގަސީ" ދުއްވާލަން ޔާމީން އުޅުއްވުމުން ކަމަށް މައުމޫނާ ހަވާލާ ދެއްވައި، އިދިކޮޅު ޕީއެންސީ ވަގުތީ ގޮތުން ހިންގަވާ އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވި ވިދާޅުވުން މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ދޮގުކުރައްވައިފި އެވެ.

ކުރީގެ ރައީސް އަދި އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީނާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުމެވަޑައިގަތީ މައުމޫންގެ "ލެގަސީ" ދުއްވާލަން ޔާމީން އުޅުއްވުމުން ކަމަށް މައުމޫނާ ހަވާލާ ދެއްވައި، އިދިކޮޅު ޕީއެންސީ ވަގުތީ ގޮތުން ހިންގަވާ އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވި ވިދާޅުވުން މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ދޮގުކުރައްވައިފި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ހަފުލާއެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ޔާމީންގެ އެދިވަޑައިގަތުމަކަށް އޮކްޓޯބަރު 7، 2016 ގައި މައުމޫންގެ އޮފީހަށް ވަޑައިގެން އެ މަނިކުފާނާ ބައްދަލުކުރެއްވި ކަމަށާއި މައުމޫން އެރޭ އޭނާ ގާތު ވިދާޅުވި އެއް ވާހަކަފުޅަކީ މައުމޫން ވެރިކަމުގައި ހުންނެވި އިރު ކުރެއްވި ކަންކަން "ފޮރުވަން" ޔާމީން މަސައްކަތްޕުޅު ކުރައްވާ މައްސަލަ ކަމަށެވެ.

އެގޮތުން، ފަޅެއް ހިއްކައިގެން ހުޅުމާލެ ތަރައްގީ ކޮށްފައިވާއިރު، މާލެއާ ގުޅުވާލައިގެން ބްރިޖު އަޅަނީ ކީއްކުރަންތޯ އާއި މާލޭގައި އިސްލާމީ މަރުކަޒެއް ހުއްޓައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އެފަދަ ދެ ވަނަ މަރުކަޒެއް އަޅަނީ އަދި ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކައިގެން ޒުވާނުންގެ ސަހަރު ހަދަނީ ކީއްކުރަންތޯ އެ ބައްދަލުވުމުގައި މައުމޫނު ސުވާލު އުފެއްދެވި ކަމަށް، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ސިނަމާލެ ބްރިޖަކީ ވެސް ބައްޕާފުޅު މައުމޫންގެ ތަސައްވުރެއް ކަމަށެވެ.

"ރައީސް މައުމޫންގެ ތާއީދު އަނބުރާ ގެންދެވީ ޕީޕީއެމްގެ ސަރުކާރު ޕީޕީއެމް ގެ އުސޫލުތަކާ ދުރަށް ގޮސް ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން. އޭރު ކަން ހިނގާދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއް ނުވޭ،" މި ސަރުކާރުގައި އާޓްސް އެންޑް ކަލްޗަރު މިނިސްޓަރުކަން ވެސް ކުރައްވާ އަދި މައުމޫންގެ އެމްއާރުއެމްގެ ކައުންސިލް މެމްބަރު ޔުމްނާ ވިދާޅުވި އެވެ.

މައުމޫންގެ ވެރިކަމުގައި އެ މަނިކުފާނު ރިޔާސީ އެންމެ ފަހު ދައުރަށް 2008 ގައި ކެމްޕެއިން ކުރެއްވިއިރު، "ވިއްކެވި" އެއް "ސްލޯގަން" އަކީ މާލެ-ހުޅުމާލެ ބްރިޖެވެ. އޭރު ބްރިޖުގެ ކުރެހުމެއް ކެމްޕެއިންގައި ބޭނުންކުރެއްވި ނަމަވެސް އަމަލީ ސިފަ ގެނެސް އެތައް ބަޔަކަށް ހިނިތުންވުން ގެނެސް ދެއްވީ ކޮއްކޯފުޅު ޔާމީނެވެ.

މައުމޫން، އެ އިންތިހާބު އޭރު ކާމިޔާބު ކުރެއްވި ނަމަ މާލެ-ހުޅުމާލޭގެ ބްރިޖުގެ ހުވަފެން އެ މަނިކުފާނުގެ ވެރިކަމުގައި ހަގީގަތަކަށް ހަދައިދޭނެ ކަމަށް އިންތިހާބުގެ ނާކާމިޔާބީ އަށް ފަހު، އޭރު މައުމޫންގެ ޑީއާރުޕީގެ އިސްވެރިން ވިދާޅުވެފައި ވެ އެވެ.

"ރައީސް މައުމޫންގެ ތާއީދު އަނބުރާ ގެންދެވީ ޕީޕީއެމްގެ ސަރުކާރު ޕީޕީއެމް ގެ އުސޫލުތަކާ ދުރަށް ގޮސް ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން. އޭރު ކަން ހިނގާދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއް ނުވޭ،"--- ޔުމްނާ

ހުޅުމާލެ އަކީ ސީދާ މައުމޫންގެ ވިސްނުންފުޅަށް އެ މަނިކުފާނުގެ ވެރިކަމުގައި އޭރު ފެއްޓެވި އެންމެ ބިޔަ އެ މަޝްރޫއެވެ. މައުމޫންގެ ވެރިކަން 2008 ގައި ނިމުމާ ހަމައަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ބޮޑު ސަރަހައްދެއް ހިއްކައި އެތައް އާއިލާއެއް އެ ރަށުގައި އާބާދުވިއިރު، ދެވަނަ ފިޔަވައްސެއް ހިއްކުމުގެ ތަސައްވުރު މައުމޫން ގެންގުޅުއްވި އެވެ. އެކަމަކު، އެކަން އަމަލީ ގޮތުން ދެއްކެވީ މައުމޫނަށް ފަހު، ނަޝީދުގެ ތިން އަހަރުގެ ވެރިކަމާއި މުހައްމަދު ވަހީދުގެ ދޮޅު އަހަރުގެ ވެރިކަމަށް ފަހު ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގަ އެވެ.

ކުރިން މައުމޫނާ ވެސް ވަރަށް ގާތްކޮށް އުޅުއްވި އަބްދުއްރަހީމް ރޭ ވިދާޅުވީ، އޭނާގެ އަރިހުގައި މައުމޫން އޮކްޓޯބަރު 7، 2016 ގައި ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާ ދެކޮޅު ނުހެއްދެވޭނެ ކަމަށެވެ.

"ކީއްކުރަން އަޅާ ބްރިޖެއް ހެއްޔޭ، އިސްލާމީ މަރުކަޒެއް އަޅާފައި ހުއްޓާ ކީއްކުރަން ހެއްޔޭ އަލުން، ހުޅުމާލެ ހިއްކާފައި ހުއްޓައި އަލުން ހިއްކައިގެން ދެ ވަނަ ފިޔަވަހީގައި ޒުވާނުންގެ ސަހަރު ހަދަނީ، އެއީ އެ ކޯލިޝަނުން ވަކިވުމަށް [މައުމޫން] ދެއްކި ހުއްޖަތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.