17 މެއި 2023
މަނީލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އަންނަ ހަފުތާގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
މަނީލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އަންނަ ހަފުތާގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ކުރިމަތިލެވޭނެ ގާނޫނީ ހައިސިއްޔަތެއް މި ވަގުތަކު ނެތެވެ. ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި މަނީ ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާތީ އެ މަނިކުފާނު ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ. އެ ދޮރު ފަހިވާނެކަން ކަށަވަރު ވާނީ ހައި ކޯޓުގައި މިހާރު އިސްތިއުނާފު ކޮށްފައިވާ އާރަށުގެ މައްސަލައިގެ ހުކުމް އަންނަ ގޮތަކުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޔާމީން ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވިޔަސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމާފައި ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ.
ޕީޕީއެމް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ ކެމްޕޭނުގެ ދަތުރުތައް ރާވަމުން އަންނަ ކަމަށެވެ. އެންމެ ފުރަތަމަ ދަތުރުތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ އަންނަ ހަފުތާގައި ރާއްޖޭގެ ގިނަ އަތޮޅުތަކެއް އެކީގައި އެއްފަހަރާ [ދަތުރުތައް] ފެށޭވަރުވޭތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީން ޖަލަށް ލާފައި ވިޔަސް ޕީޕީއެމްގެ ލީޑަޝިޕުން ތަކުރާރުކުރާ ޖަވާބަކީ އެ މަނިކުފާނު ވާދަކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމެވެ. އެ ޕާޓީގެ ނަމުގައި އިންތިހާބަށް ނުކުންނަން އިތުރު ބޭފުޅަކު ބޭނުން ނުވާ ކަމަށާއި ޕްލޭން ބީ އެއް ނެތް ކަމަށް ޕީޕީއެމުން ބުނެފައި ވެ އެވެ.
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"
މިހާރު ވަނީ ވެރިކަމާ ހަވާލުވުމުގެ ތައްޔާރީތައް:އަދުރޭ
ކެންޑިޑޭޓަކީ ޔާމީން، ރޯދަމަހަށް ފަހު ކެމްޕެއިން ފަށަނީ
މާޔޫސް ނުވޭ، ޔާމީން ދެން އަންނާނީ މާ ގަދަކޮށް:އަދުރޭ
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ
ރިޔާސީ ޓިކެޓާ ހެދި ޕާޓީތެރޭ ފެކްޝަނެއް ނެތް: އަދުރޭ
"ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަކަށް ނޭނގޭނެ"
"މިހާލަތަށް އައީ ޔާމީންގެ ސިޔާސަތު ތަންފީޒު ނުކުރުީމަ"
ދެވަނަ ބުރަކަށް އިންތިޒާރު ނުކުރަން: އަބްދުއްރަހީމް
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!