Roadha Mihaaru
ޓެސްޓަކާ ނުލައި 25 ގައުމަކަށް ލައިސަންސް

ޓެސްޓަކާ ނުލައި 25 ގައުމެއްގެ ރައްޔިތުންނަށް ލައިސަންސް

03 އޯގަސްޓް 2021

އިމްތިހާނަކާ ނުލައި، 25 ގައުމެއްގެ ރައްޔިތުންނަށް ރާއްޖޭގައި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

އިމްތިހާނަކާ ނުލައި، 25 ގައުމެއްގެ ރައްޔިތުންނަށް ރާއްޖޭގައި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

އިމްތިހާނަކާ ނުލައި ލައިސަންސް ދޫކުރާ ގައުމުތަކުގެ ލިސްޓު ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

އެއްގަމު އުޅަނދުފަހަރާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވަނީ އެ މިނިސްޓްރީ ގަބޫލުކުރާ ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ސައްހަ ލައިސަންސް އޮތް މީހުންނަށް ދާއިމީ ލައިސަންސް ދިނުމުގެ ބާރު ލިބިފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެ އޮތޯރިޓީން ގަބޫލުކުރާ ގައުމުތަކުން ދޫކުރާ ސައްހަ ލައިސަންސް އޮތް މީހުންނަށް އިމްތިހާނެއް ހެދުމެއް ނެތި ދާއިމީ ލައިސަންސް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެ ގައުމުތަކަކީ އިންޑިއާ، ސްރީލަންކާ، ނޭޕާލް، ޕާކިސްތާން، އަފްގާނިސްތާން، ބޫޓާން، ބުރުނާއީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޮސް، މެލޭޝިއާ، މިއަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލޭންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔޫއޭއީ، ސްވިޒަލޭންޑް، ސައޫދީ އަރަބިއްޔާ، ބެލްޖިއަމް، އަދި ޖަރުމަންވިލާތެވެ.

މި ލިސްޓުގައި ދެކުނު އޭޝިއާގެ ގައުމުތައް ހިމަނާފައިވީ ނަމަވެސް ރާއްޖޭގައި މަސައްކަތްތެރިން އެންމެ ގިނަ ބަންގްލަދޭޝްގެ ނަމެއް ނުހިމަނަ އެވެ.