Roadha Mihaaru
ކަލާޒްގެ "ބަލިކާ ވަދޫ 2" މިރޭ ފަށާނެ

ކަލާޒްގެ "ބަލިކާ ވަދޫ 2" މިރޭ ފަށާނެ

09 އޯގަސްޓް 2021

ކަލާޒް ޗެނެލް އިން ގެނެސްދިން ކާމިޔާބު ސިލްސިލާ "ބަލިކާ ވަދޫ" ގެ އާ ސީޒަން މިރޭ ދައްކަން ފަށަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް ޗެނެލް އިން ގެނެސްދިން ކާމިޔާބު ސިލްސިލާ "ބަލިކާ ވަދޫ" ގެ އާ ސީޒަން މިރޭ ދައްކަން ފަށަން ތައްޔާރުވެއްޖެ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ސިލްސިލާގެ ދެވަނަ ސީޒަން ތަފާތު ކާސްޓަކާ ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމައިން ހުކުރު ދުވަހަށް ކޮންމެ ރެޔަކު، ރާއްޖެ ގަޑިން 7:30 ގަ އެވެ.

މިއީ އިންޑިއާގައި އޮންނަ ކުޑަކުދިން ކައިވެނިކުރުމުގެ ސަގާފަތަށް ބިނާކޮށް ހަދާ ސިލްސިލާއެކެވެ. "ބަލިކާ ވަދޫ 2" ގެ ކާސްޓްގައި ޝްރެޔާ ޕަޓޭލް، ވަންޝް ސަޔާނީ، ސާގަރް ޕަރޭކް، ސަނީ ޕަންޗޯލީ، މެޗުލް ބޫޗް، އަރިޝްތު ޖެއިން، ޖިއޯތީ ތިވާރީ، މާހިރު ރަގްވަންޝީ، ސީމާ މިޝްރާ، ކެތުކީ ދާވޭ، ރިދީ ނަޔަކް ޝުކްލާ، ޝިޖޫ ކަތާރިއާ އަދި ރާޝްމީ ގުޕްތާ އެވެ.

"ބަލިކާ ވަދޫ" ގެ މައިގަނޑު ކެރެކްޓާ އާނަންދީ ކިޔާ ކުޑަ އަންހެން ކުއްޖެކެވެ.

މި ސިލްސިލާގެ ފުރަތަމަ ސީޒަނަކީ ކަލާޒް އިން ޖުލައި 21، 2008 އިން ޖުލައި 31، 2016 އަށް ގެނެސްދިން އެއްޗެކެވެ. އެ މުއްދަތުގެ ތެރޭގައި ވަރަށް ބޮޑު ކާސްޓަކާ އެކު 2،248 އެޕިސޯޑް ގެނެސްދިނެވެ. މިދިޔަ މަހު މަރުވި ބަތަލާ ސުރޭހާ ސިކްރީ އަކީ ވެސް އެ ސިލްސިލާ ބޮޑު ރޯލެއް ކުޅުނު ތަރިއެކެވެ.

"ބަލިކާ ވަދޫ 2" ގެނެސްދޭ އިރު، ކަލާޒް އިން މިހާރު ވެސް އަންނަނީ އެ ޗެނެލުން ކުރިން ގެނެސްދިން އެ އެހެން ސިލްސިލާއެއްގެ ދެވަނަ ސީޒަނެއް ވެސް ގެނެސްދެމުންނެވެ. އެއީ 2011-2018 އަށް ދެއްކި "ސަސުރާލު ސިމަރް ކާ" އެވެ. މީގެ ދެވަނަ ސީޒަން ގެނެސްދޭން ފެށީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.